ENGLISH

07 އޭޕްރީލު 2025

Advertisement

ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނައިބު ރައީސް އެދިވަޑައިގެންފި

07 އޭޕްރީލު 2025

|

ޢަލީ ޝަހީމް

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް. --ފޮޓޯ: ރައީސް އޮފީސް

ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުހައްމަދު ލަޠީފް އެދިވަޑައިގަންނަވައިފިއެވެ. 

ހިތްވަރާއެކު ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމަށް ނައިބު ރައީސް އެދިވަޑައިގަތީ މިއަދު ފެށުނު ދިރާސީ އައު އަހަރާ ގުޅިގެން، ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. 

މީސްމީޑިއާގައި ނައިބު ރައީސް ކުރެއްވިި ޕޯސްޓުގައި ވަނީ، ދަރިވަރުންނަށާއި މުދައްރިސުންނަށާއި ބެލެނިވެރީންނަށް ދިރާސީ އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފައެވެ. 

"ހިތްވަރާއެކު ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ދަރިވަރުންނަށް ހިތްވަރުދެން. މިއަހަރަކީވެސް އަޅުގަނޑުމެންގެ ދަރީންނަށް ހުރިހާގޮތަކުން ބާއްޖަވެރި އަދި ކާމިޔާބު އަހަރެއްކަމުގައި ލައްވާށި.އާމީން" - ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުހައްމަދު ލަޠީފް

ދިރާސީ އައު އަހަރުގެ ކިޔެވުން މުޅި ރާއްޖޭގައި ފެށީ 90،000 އެއްހާ ދަރިވަރުންނާއި އެކު އެވެ. ރާއްޖޭގެ 216 ސްކޫލުގައި މިއަހަރު ދަރިވަރުން ކިޔަވާއިރު، 11،000 އެއްހާ މުދައްރިސުން މަސައްކަތް ކުރާނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. 

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ކުރިއަށްގެންދާނީ ޖުލައި 24 ވަނަ ދުވަހާ ހަމައަށެވެ. ދެވަނަ ޓާމުގެ ފެށުން އޮގަސްޓް 10 ވަނަ ދުވަހު ފަށާއިރު ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ވަނަ ދުވަހު އެވެ. 

ކިޔުންތެރިންގެ ހިޔާލު