ENGLISH
12 ޖުލައި 2025
ޤައުމީ ޔުނިވަރސިޓީން ނިއުޒިލޭންޑްގެ ޔުނިވަރސިޓީއަކާއެކު ތަޢުލީމީ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި
07 އޭޕްރީލު 2025
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި ނިއުޒިލޭންޑުގެ ޔުނިވަރސިޓީ އޮފް ވައިކަޓޯއާ ދެމެދު ތަޢުލީމީ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމް ނިއުޒިލޭންޑަށް ކުރައްވަމުންގެންދަވާ އަމިއްލަ ދަތުރުފުޅެއްގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ދެ ޔުނިވަރސިޓީން ގުޅިގެން ކުރެވިދާނެ މުހިންމު މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އޭގެ ތެރޭގައި:
1. ހެޔޮ އަގެއްގައި ދިވެހި ދަރިވަރުންނަށް ޕީ.އެޗް.ޑީ ހެދުމުގެ ފުރުޞަތު ފަހިކުރުން
2. ޤައުމަށް ބޭނުންވާ ޚާއްޞަ ދާއިރާތަކަށް މީހުން ބިނާކުރުމަށް ކަރިކިއުލަމް ތައްޔާރުކުރުން
3. ދަރިވަރުންނާއި މުވައްޒަފުންގެ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުން
4. ގުޅިގެން ދިރާސާތައް ކުރުން
5. އެމް.އެން.ޔޫގެ ޕީ.އެޗް.ޑީ ޕްރޮގްރާމްތަކަށް ޔުނިވަރސިޓީ އޮފް ވައިކަޓޯއިން ސުޕަވައިޒަރުން ފޯރުކޮށްދިނުން
ޤައުމީ ޔުނިވަރސިޓީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަޝްވަރާތަކާ ގުޅިގެން ދެ ޔުނިވަރސިޓީން ވަރަށް އަވަހަށް ރަސްމީ އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ. މި އެއްބާރުލުމުގެ ސަބަބުން ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރެވެއެވެ.