ENGLISH

10 އޭޕްރީލު 2025

Advertisement

ސިވިލް ސާވިސް ކޮމިޝަން އަށް މުޖުތާޒް އައްޔަނުކުރަން މަޖިލީހަށް

07 އޭޕްރީލު 2025

|

އުމްނާ އިސްމާޢީލް

އަލްއުސްތާޒް މުހައްމަދު މުޖުތާޒް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގައި ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރު މއ. ސިގްމާ، އަލްއުސްތާޛު މުހައްމަދު މުޖުތާޒް އައްޔަނުކުރެއްވުމުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާނުކުރުމަށްފަހު ވަނީ، ދިރާސާކުރުމަށްޓަކައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރެއްގެ މަގާމް ހުސްވީ، ކޮމިޝަނުގެ ނައިބް ރައީސް ކަމުގެ މަގާމުގައި ހުންނެވި އިބްރާހީމް ރަޝީދު އިސްތިޢުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށްކަން ފާހަގަކޮށްލެވެ އެވެ.

މުޖުތާޒް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކުރެއްވީ 2014 ވަނަ އަހަރުއެވެ. 

ކިޔުންތެރިންގެ ހިޔާލު