ENGLISH

10 އޭޕްރީލު 2025

Advertisement

ޕީސީބީގެ ރައީސް އަނަސް އަށް ރުހުން ހޯދަން މަޖިލީހަށް

07 އޭޕްރީލު 2025

|

އުމްނާ އިސްމާޢީލް

ޕީސީބީގެ ރައީސް

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމަށް އައްޔަނުކޮށްފައިވާ ގއ. ދެއްވަދޫ، ދޭލިޔާގެ މުހައްމަދު އަނަސް އަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަަޅައިފި އެވެ.  

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން، ޕީސީބީގެ ރައީސްގެ މާގަމަށް އަނަސް އައްޔަނުކުރައްވާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

އޭނާ އަށް ރުހުން ހޯދުމަށްޓަކައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮއްނުވި މައްސަލަ ވަނީ މިއަދުގެ ޖަލްސާގައި އިއުލާނުކޮށްފަ އެވެ. އެއާއެކު، މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ ދިރާސާކުރުމަށްޓަކައި ފޮނުއްވެވީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް (އެސްއޯއީ) ކޮމިޓީއަށެވެ.   

އެ ބޯޑުގެ ރައީސްގެ މަގާމަށް އަނަސް އައްޔަނުކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ހަމްދީ އަގީލް މަގާމުން ވަކިކުރެއްވުމަށްފަހު އެވެ. ހަމްދީ އަގީލް މަޤާމުން ވަކިކުރެއްވީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ އަނަސް އަކީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ނައިބުކަމާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު