ENGLISH

10 އޭޕްރީލު 2025

Advertisement

ދިރާސީ އައު އަހަރުގެ ތަހުނިޔާ ދަރިވަރުންނާއި ބެލެނިވެރިން އަދި ތައުލީމީ ދާއިރާގައި ޚިދުމަތްތެރީންނަށް ރައީސް ފޮނުއްވައިފި

07 އޭޕްރީލު 2025

|

އަހުމަދު ސައީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--ފޮޓޯ/އެމްއެމްޓީވީ

ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ކިޔަވާ ކުދީންނަށާއި ބެލެނިވެރީންނަށް، އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި މުދައްރިސުންނަށާއި ޚިދުމަތްތެރީންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އެސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ތަހުނިޔާ އާއި ހެޔޮ އެދުންތައް ލޮބުވެތި ކިޔަވާ ކުދީންނަށާއި ބެލެނިވެރީންނަށް، އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި މުދައްރިސުންނަށާއި ޚިދުމަތްތެރީންނަށް ނުހަނު އިޚްލާޞްތެރިކަމާއި އެކު އަރިސްކުރައްވާ ކަމަށެވެ. 

މި ފެށުނު ދިރާސީ އައު އަހަރު، ދިވެހި ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމަށް ރައީސްގެ ޕޯސްޓުގައި އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޕޯސްޓް

ޤައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ޙާޞިލްކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދެއްވުމަށާއި އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތަޢުލީމު ދިނުމުގެ ޙައްޤު ހަމަހަމަކަމާއެކުއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް މަސައްކަތްކުރަމުން ގެންދެކަމަށް ރައީސް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މި ފެށުނު ދިރާސީ އަހަރަކީ، ގަދަކީރިތިވަންތަ ﷲގެ ރަޙްމަތާއި، މަދަދާއި، ނިޢުމަތުން ފުރިގެންވާ އަހަރެއްކަމުގައި ލެއްވުމަށާއި ބެލެނިވެރީން އެ ކުރައްވާ ހިންމަތުގައި ބަރަކާތްލައްވާ، މުދައްރިސުންނަށް ހީވާގިކަމާއި ޢިލްމު އިތުރުކޮށްދެއްވައި، ދަރިވަރުންނަށް ތޫނުފިލިކަން އިތުރުކޮށްދެއްވުމަށް ރައީސް ދުޢާ ކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު