ENGLISH

08 އޭޕްރީލު 2025

Advertisement

އެެމްއެމްޕީއާރުސީއާ ޓްރެވަލްބޭގް ގުޅިގެން، ޔޫކޭގައި ރާއްޖެ ޕްރޮމޯޓްކުރަން ފަށައިފި

06 އޭޕްރީލު 2025

|

ފަޒީލް ޢަބްދުލް ލަތީފު

ރިސޯޓެއްގެ ޖެޓީއަށް ސީޕްލޭނެއް ކައިރިކޮށްފައި -- ފޮޓޯ/ އެމްއެމްޕީއާރުސީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދުނިޔޭގެ އެންމެ މަޝްހޫރު އެއަރ އެންޑް ޓްރެވަލް ސާވިސް ފޯރުކޮށްދޭ އެއް ކުންފުނި، ޓްރެވަލްބޭގް (ޑިނާޓީއޭ ޔޫކޭ) އާ ގުޅިގެން އިނގިރޭސިވިލާތުގައި ޖޮއިންޓް މާކެޓިން ކެމްޕޭނެއް ކުރިއަށް ގެންދަން ފަށައިފިއެވެ.

ދެމަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ސްޓްރެޓެޖިކް ކޯލަބަރޭޝަންގެ އަމާޒަކީ، އިނގިރޭސިވިލާތުގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ މަގުބޫލް މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓް ކުރުމެވެ. މިދާއިރާގައި 1979 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވާ ޓްރެވަލްބޭގްގެ އަމާޒަކީ މަލްޓި އައިލެންޑް ޗުއްޓީތަކާއި ހައި އެންޑް ރިސޯޓުތަކުގައި ކަަސްޓަމަރުން ބޭނުންވާ ގޮތަށް ލަގްޒަރީ ދަތުރުކުރުމުގެ ތަޖުރިބާއެއް ހޯދައިދިނުމެވެ.

ދިވެހިރާއްޖެ ފަދަ އިގިރޭސިވިލާތުގައި މަގުބޫލު، ލަގްޒަރީ ޓޫރިސްޓް މަންޒިލުތަކަށް ހާއްސަ މިކުންފުނިން ޔޫކޭގައި 8 ފިހާރައެއް ހިންގައެވެ. ޓްރެވަަލްބޭގުން 95 ޕަސެންޓް ބުކިންތައް ހޯދަނީ އޮފްލައިންކޮށް މިފިހާރަތަކުންނާއި ކޯލް ސެންޓަރުތައް މެދުވެރިކޮށެވެ. މި ކުންފުންޏާ ގުޅިގެން ހިންގާ ކެމްޕޭންގެ މައިގަނޑު އަމާޒަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިންގެމެދުގައި އެންމެ މަގުބޫލު މަންޒިލަަކަށް ދިވެހިރާއްޖެ ހެދުމެވެ.

ޓްރެވަލްބޭގްގައި ގާއިމުކޮށްފައިވާ ކަސްޓަމަރ ބޭސް ބޭނުންކޮށްގެން ހަރަދު ކުޑަ، ފޯކަސް މާކެޓިން ކުރިއަށް ގެންދާނެއެވެ. ރީޓެއިލް އަދި ޑިޖިޓަލް ޕްލެޓްފޯމްތައް ހިމެނޭ ކްރޮސް ޗެނަލް އެޕްރޯޗެއް ބޭނުންކޮށްގެން، މި ކެމްޕޭނުން ރީޗް އަދި އެންގޭޖްމަންޓް އެންމެ ފުރިހަމައަށް ލިބި، ގިނަ ޓަޗްޕޮއިންޓް ތަކެއްގައި ރަނގަޅު ކަސްޓަމަރުންނާ ގުޅެއެވެ. އަދި ހަމައެހެންމެ، އިނގިރޭސިވިލާތުގެ މާކެޓަށް އެމްއެމްޕީއާރުސީ އިން ކަނޑައަޅާފައިވާ ސްޓްރެޓެޖީތަކާ އެއްގޮތަށް މި ހަރަކާތުގައި ބޮޑަށް އަލިއަޅުވާލަނީ ވަކިވަކި އުފެއްދުންތަކާއި ރާއްޖޭގެ ތަފާތު ތަޖުރިބާތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަށެވެ. މިގޮތުން ރާއްޖޭގެ ލަގްޒަރީ ރިސޯޓްތަކާއި ލިވަބޯޑްތައް އަދި ރާއްޖޭގައި އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ހުރި ފުރުސަތުތަކާއި ރާއްޖޭގެ ސާފު ރީތި ތިމާވެއްޓާ ގުޅޭ ތަފާތު ތަޖުރިބާތަކާއި ތިމާވެށި ހިމާޔަތްކުރަން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލެވޭނެއެވެ. އެއްމިލިއަން ހަތްލައްކަ އަށްވުރެ ގިނަ ފަރާތްތަކަަށް ފޯރާނެކަމަށް ލަފާކުރެވޭ މި ކެެމްޕޭންގެ އަމާޒަކީ، ކެމްޕޭންގެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ކޮންމެ ބުކިން އަކުން 10،680 ޕައުންޑް ލިބުމެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ އިނގިރޭސިވިލާތަކީ، ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އަހަރުގެ މިހާތަނަށް އިިނގިރޭސިވިލާތުން ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު