ENGLISH

07 އޭޕްރީލު 2025

Advertisement

ރަސްދޫ އަލިފާނުގެ ހާދިސާ: ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފި

06 އޭޕްރީލު 2025

|

އައިޝަތު ނަޖާ

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފިއެވެ.

"އެމްއެމްޓީވީ" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެ މީހާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. އެހެންނަމަވެސް އަދިވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އައިޖީއެމްއެޗް އިން ހާމަކޮށްފައެއް ނުވެއެވެ. 

ނިމިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހުގެ ރޭ ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ދެ މީހަކު ވަނީ ވަރަށް ބޮޑަ ފިހިފައެވެ. އެ ހާދިސާގައި ފިހުނު އަންހެން މީހާ ވަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ނިޔާވެފައެވެ.

މި ދެމީހުންނަށް ފަރުވާ ދިނުމަށް ރާއްޖޭން ބޭރުން ވަނީ ބާން ސްޕެޝަލިސްޓް ޑޮކްޓަރެއް ވެސް ރާއްޖެ ގެނެސްފައެވެ. މި ހާދިސާ މެދުވެރިި ސަބަބު އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން އަންނަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު