ENGLISH
07 އޭޕްރީލު 2025
ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ހޯނޑެއްްދޫގެ އިޚްތިޞާޞުން ކަޑެވާރެހާ ވަކިކޮށް، ޓޫރިޒަމަށް ދޫކުރަން ރައީސް ނިންމަވައިފި
06 އޭޕްރީލު 2025
|
ރައީސް ޑރ. މުޙައްމަދު މުޢިއްޒު. --ފޮޓޯ: ރައީސް އޮފީސް
ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، އިންޓަގްރޭޓަޑް ޓޫރިޒަމަށް ހުވަދުއަތޮޅު ދެކުނުބުރީ ކަޑެވާރެހާ ތަރައްޤީކުރުމަށްޓަކައި އެ އަތޮޅު ހޯނޑެއްދޫގެ އިޚްތިޞާޞުން އެރަށް ވަކިކޮށް، ގދ. ހޯނޑެއްދޫގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިފަދައިން ނިންމަވާފައި ވަނީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56-1 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެ މަނިކުފާނު މިއަދު ނެރުއްވި، ނަމްބަރު 10/2025 ވަނަ ގަރާރުންނެވެ.
އެގޮތުން ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.