ENGLISH

12 އޭޕްރީލު 2025

Advertisement

އޮޅު ހިޔާގައި މިހާރު ބަލަހައްޓަމުންދަނީ 30 ބުޅާ: މިނިސްޓްރީ

06 އޭޕްރީލު 2025

|

އައިޝަތު ނަޖާ

އޮޅު ހިޔާގައި ހުރި ބުޅާތަކެއް- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މަގުތަކުގައި އުޅޭ ބުޅާތަކުގެ މައްސަލަ ހައްލުކުރުމަށް ގާއިމުކޮށްފައިގވާ "އޮޅު ހިޔާ" ގައި މި ވަގުތު ބަލަހައްޓަމުން ދަނީ 30 ބުޅާކަމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިހާރު އެ ތަނުގައި ޖުމްލަ 30 ބުޅާ ބަލަހައްޓަމުންދާ ކަމަށެވެ. މިނިސްޓްރީން ބުނި ގޮތުގައި، ބުޅާތައް ތިބޭ ތަނުގެ ތެރެއަށް މިފަހުން ގެނެވުނު ބަދަލުތަކާ އެކު ފެސިލިޓީގައި ބުޅާތައް ބަލަހައްޓަން އިތުރަށް ފަސޭހައިވެފައިވެއެވެ.

އެގޮތުން މި ފަހުން ވަނީ އެ ތަނުގައި ކުރިން ހަރުކޮށްފައި ހުރި ދާގަނޑުގެ މަތީގައި އިތުރު ދާގަނޑެއް ހަރުކޮށްފައެވެ. އަދި އިތުރު ދާގަނޑެއް ހަރުކުރީ ކުރިން ހަރުކޮށްފައި ހުރި ދާގަނޑުގެ ދޭތެރެއިން ކުދި ބުޅާތަކަށް ނުކުމެވޭތީކަމަށް ވެސް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

އޮޅު ހިޔާއަށް ބުޅާތައް ގެންދަން ފަށާފައި ވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅުއެވެ. އޭރު އެތަނުގައި ބަލަހައްޓަމުން ދިޔައީ 15 ބުޅާކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގައި ހިމެނިގެންދިޔަ ބުޅާ ފެސިލިޓީއަކީ މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަކުގެ މައްސަލައަށް ހައްލެެއް ހޯދުމަށް ގާއިމުކުރެވިފައިވާ ތަނެކެވެ. 

ކިޔުންތެރިންގެ ހިޔާލު