ENGLISH

07 އޭޕްރީލު 2025

Advertisement

ވިލިނގިއްޔަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް

06 އޭޕްރީލު 2025

|

އައިޝަތު ނަޖާ

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގއ. ވިލިނގިއްޔަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދާ ފުލުހުންގެ ބެލުމުގެ ދަށަަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ 4 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ، މާލެއިން ފުރައިގެން ވިލިނގިއްޔަށް ދަތުރުކުރަމުންދިޔަ ބޯޓަކުން ވިލނގިއްޔަށް މަސްތުވާތަކެތި އެތެރެކުރުން އުޅޭކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި އެ ބޯޓު ވިލިނގިލީ ބަނދަރާ ގާތްކުރުމުން ކޯޓު އަމުރެއްގެ ދަށުން އެ ބޯޓު ބަލައި ފާސް ކުރިއިިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނަކީ 231 ގްރާމެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު