ENGLISH
07 އޭޕްރީލު 2025
ބަނގުރާ ދަޅުތަކެއް ގެންގުޅުނު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
06 އޭޕްރީލު 2025
|
ބަނގުރާ ދަޅުތަކެއް ގެންގުޅުނު މައްސަލައިގައި ހައްޔަރު ކުރި ދެމީހުން- ފޮޓޯ: ފުލުހުން
ބަނގުރާ ފުޅިތަކެއް ގެންގުޅުނު ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނޭޕާލުގެ ރައްޔިތެއް ކަމަށްވާ ޓަކް ބަހާދުރު ރިލަމީ (34އ) އާއި ބަންގްލަދޭޝް މީހެއް ކަމަށްވާ ބަހާރު އުދީން (34އ) އެވެ.
ފުލުހުން ބުނީ މި ދެ މީހުން ރޭ 10:00 ހާއިރު ހުޅުމާލޭގެ ރީތިގަސް މަގުގެ ކަނެކްޓިން ބުރިޖު ކައިރިއަށް ޑިންގީއެއްގައި އައިސް ފޮށިގަނޑެއް ހިފައިގެން ފޭބި ވަގުތު ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތް ކުރި ކަމަށެވެ.
މި ދެމީހުން ހައްޔަރުކޮށް ބަލާ ފާސްކުރި އިރު 72 ދަޅު ބަނގުރާ ފެނިފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.