ENGLISH

07 އޭޕްރީލު 2025

Advertisement

ބޭރު ފައިސާ މާރުކުރުމުގައި ސަމާލުވުމަށް ފުލުހުން އެދިއްޖެ

06 އޭޕްރީލު 2025

|

އައިޝަތު ނަޖާ

ބޭރު ފައިސާ މާރުކުރުމުގައި ސަމާލުވުމަށް ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން އެދިއްޖެއެވެ.

ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަ އޮވެގެން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރާ ފަރާތެއްތޯ ކަށަވަރު ކުރުމަށް އެދިފައެވެ.

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ އެމްއެމްއޭ އިން ދީފައިވާ ފަރާތްތަކުގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށް ވެސް ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ބުނެފައިވެއެވެ. 

ވައިބަރ ހެކް ކޮށްގެން އާއިލާ މެމްބަރުންނާއި ރަހުމަތްތެރިންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ބެލުމަށްފަހު ނޫނީ ފައިސާ ނުފޮނުވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ސްކޭމްތައް އިތުރުވެފައިވާތީ، އެފަދަ މައްސަލަތައް ރިޕޯޓުކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ފުލުހުން ދާދި ފަހުން ވަނީ ގާއިމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު