ENGLISH
12 ޖުލައި 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މިފްކޯ އިން ފިޝަރީޒް މިނިސްޓްރީއާއެކު މާސްޓަރ ޕްލޭނެއް ހަދަނީ
06 އޭޕްރީލު 2025
|
މިފްކޯގެ ޖެނެރަލް މެނޭޖަރ (ކ)، ހާމިދު ނަޒީމް: ފޮޓޯ- އެމްއެމްޓީވީ
މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ އަދި ފިޝަރީޒް މިނިސްޓްރީ ގުޅިގެން މާސްޓަރ ޕްލޭނެއް ހަދަން ނިންމައިފިއެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިފްކޯގެ ޖެނެރަލް މެނޭޖަރ، ހާމިދު ނަޒީމް ވިދާޅުވީ، މުސްތަގްބަލުގައި މަސްވެރިންނަށް އޮތީ އުފާވެރި ދުވަސްތަކެއްް ކަމަށާއި ޒަމާންވަންދެން ހައްލުނުވެ ހުރި ކަންކަން ހައްލު ކުރުމަށް މިފްކޯ އިން އަންނަނީ މިހާރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
އެގޮތުން މިހާރު މިފްކޯގެ މެނޭޖްމެންޓް އިން ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން މާސްޓަރ ޕްލޭނެއް ހަދަން ތައްޔާރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ވޭތުވެދިޔަ ތަނުގައި އެއްވެސް ސަރުކާރަކުން ނޫނީ، އެއްވެސް މިފްކޯގެ މެނޭޖްމަންޓަކުން ނެތް ކުންފުނީގެ މާސްޓަރ ޕްލޭނެއް އެކުލަވާލާފައި. މިހާރު އަޅުގަނޑުމެންގެ މެނޭޖްމަންޓް އިން މި ދަނީ ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން މާސްޓަރ ޕްލޭނެއް އެކުލަވާލަމުން،" ނަޒީމް ވިދާޅުވިއެވެ.
އަހަރެއްގެ ތެރޭ މިފްކޯ އިން ކުރިޔަށް ގެންދާ ހުރިހާ ޕްރޮޖެކްޓެއް ނިމުމުން މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ނިމިގެންދާނެކަމަށާއި އޭގެ ސަބަބުން މިފްކޯއަށް ވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ނަޒީމް ފާހަގަކުރެއްވިއެވެ.