ENGLISH

12 ޖުލައި 2025

Advertisement

ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް މާވަށަށް 800 ކިލޯ ވޯޓްގެ ޖެންސެޓެއް ގެންގޮސްފި

06 އޭޕްރީލު 2025

|

އައިޝަތު ނަޖާ

މާވަށަށް ފޮނުވި 800 ކިލޯ ވޯޓުގެ އިންޖީނު-- ފޮޓޯ/ ފެނަކަ

ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ލ. މާވަށަށް 800 ކިލޯ ވޯޓުގެ އިންޖީނެއް ގެންގޮސްފިއެވެ.

ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ރަށަށް އައު އިންޖީނެއް ގެންދިޔައީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އައު އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ.  އޭގެއިތުރުން ކުރިޔަށް އޮތް ހަފުތާއެއްގާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހިދުމަތަށް ބޭނުން ކުރެވޭނެކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ. 

މާވަށުގެ އިތުރުން އައްޑޫ ސިޓީއަށް ވެސް ދާދި ފަހުން ފެނަކައިން ވަނީ އިންޖީނެއް ފޮނުވާފައެވެ. އައްޑޫ ސިޓީއަށް ދިމާވާ ކަރަންޓުގެ މައްސަަލަ ހައްލު ކުރުމަށް ފެނަކައިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު