ENGLISH
12 ޖުލައި 2025
ޕިކްނިކް ބޭއްވުން ހުއްދަ؛ އެޗްޑީސީން ހުއްދަ ނަގަން ޖެހެނީ މޭޒާއި ގޮނޑި ޖަހާނަމަ
06 އޭޕްރީލު 2025
|
ހުޅުމާލެ ސެންޓްރަލް ޕާކަށް ދޫކޮށްލައިފައި ހުރި ދެ ޕެލެޓައި ލަކުޑިބުރިތަކެއް: ތަނުގެ ސާފުތާރިހުކަން ހިފަހައްޓަން އެޗްޑީސީން އިސްކަންދޭ-- ފައިލް ފޮޓޯ
ހުޅުމާލެ ސެންޓްރަލް ޕާކާއި ބީޗު ފަދަ ސަރަހައްދުތަކުގައި ޕިކްނިކް ހެދުމަށް ހުއްދަ ނަގަން ޖެހޭނީ ގޮނޑިމޭޒު ބަަހައްޓާނަމަ އެކަނި ކަމަށާއި އެގޮތަށް ނިންމީ ތަނުގެ ސާފުތާރީހުކަން ބެހެއްޓުމަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީގެ މާކެޓިން އެންޑް ޕީއާރު ޑިޕާޓްމަންޓްގެ ހެޑް ހަސަން ޝަހީދު ވިދާޅުވި ގޮތުގައި، އާންމު ތަންތަން ކުއްޔަށް ދޫކުރުމާއި ބޭނުންކުރުމުގެ ގައިޑްލައިނުގަ ވާގޮތުން، އާންމު ތަންތަނުގައި ޕަބްލިކް ޕިކްނިކް ހެދުމަކީ ހުއްދަ ކަމެކެވެ. އެހެންނަމަވެސް، ޕިކްނިކް އޭރިއާއަށް މޭޒު، ގޮނޑި، ފޮޓޯ ބެކްޑްރޮޕް ފަދަ ތަކެތި ގެންދާނަމަ ހުއްދަ ހޯދަންޖެހޭނެއެވެ.
އެޗްޑީސީގެ މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގެ ސާފުތާހިރުކަން ހިފެހެއްޓުމަށް ކަމަށް ޝަހީދު ފާހަގަކުރެއްވިއެވެ. އެގޮތުން، އެ ކުންފުނީގެ މުވައްޒަފުން އާންމުންނާ ބައްދަލުކޮށް، ކަންކަން ސާފުކޮށްދިނުމާއި އިރުޝާދު ދިނުން ފަދަ ކަންކަން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަޔާން އައިސްފައި ވަނީ، ކުރިއާލާ ހުއްދަ ނުނަގައި، ޕިކްނިކު ހެދުމަށް ސެންޓްރަލް ޕާކު ބޭނުން ނުކުރެވޭނެ ކަމަށް އެޗްޑީސީގެ އޮފިޝަލުންތަކެއް އެންގި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ވާހަކަތަކަކާ ގުޅިގެންނެވެ.