ENGLISH

12 ޖުލައި 2025

Advertisement

އަންގާރަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސް ވާނެ

06 އޭޕްރީލު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ސިނަމާލެ ބުރިޖު ސަރަހައްދަށް މާލެ އަށް ބޯކޮށް ވާރެ ވެހެނީ: އަންގާރަ ދުވަހުން ފެށިފެން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ-- ފައިލް ފޮޓޯ

އަންގާރަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސެންޓާ (މެޓް) އިން މައުލާމާތު ދޭގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މެދުރާއްޖެތެރެ އާއި އުތުރުގެ ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ކުރުމާއެކު، ގުގުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެއެވެ. ނަމަވެސް، ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

ވައިގެ ބާރުމިނާ ބެހޭގޮތުން އެ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން، އަދި އެހެނިހެން ސަރަހައްދުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ މިންވަރަކަށް މަޑުވެފައި، ރާޅުގެ އުސްމިން 1 ފޫޓާއި 3 ފޫޓާ ދެމެދުގައި ހުންނާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މިހެންކަމުން، މޫސުން ގޯސްވުމުގެ ފުރުސަތު އޮތުމާއެކު، އެންމެހާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު