ENGLISH

12 ޖުލައި 2025

Advertisement

ހަވީރީ ހިނގުން މަގުގައި ގަވައިދާ ހިލާފަށް ކުނި ބަހައްޓަމުންދާ މީހަކު ހޯދަން ފަށައިފި

05 އޭޕްރީލު 2025

|

އައިޝަތު ނަޖާ

ހަވީރީ ހިނގުމުގައި ގަވާއިދާ ހިލާފަށް ކުނި ބެހެއްޓުމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން އާންމު ކުރި ވީޑިއޯ ކްލިޕެއްގެ ސްކްރީން ޝޮޓެއް-- ފޮޓޯ/ މާލޭ ސިޓީ ކައުންސިލު

ހަވީރީ ހިނގުން މަގުގައި ގަވައިދާ ހިލާފަށް ކުނި ބަހައްޓަމުންދާ މީހަކު ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލް އިން ފަށައިފިއެވެ.

ސިޓީ ކައުންސިލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހަވީރީ ހިނގުމުގައި ކުނި ބަހައްޓަމުންދާ ފަރާތެއް ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓްއިން ފުލުހުންނާއި ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ޕޯސްޓްގައި ސިޓީ ކައުންސިލް އިން ވަނީ އެ މީހާ މަގުގައި ކުނި ބަހައްޓާ މަންޒަރު ދައްކުވައިދޭ ވީޑިޔޯއެއް ވެސް ހިއްސާކޮށްފައެވެ.

ކައުންސިލުން ވަނީ މާލެ ސިޓީ ސާފުތާހިރުތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި ރައްޔިތުން އެއްބާރުލުން ބޭނުންވާކަމަށް ވެސް ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.

މަގުތަކަށް ކުނި އަޅާ މީހުން ހޯދާ އެ ފަރާތްތައް ޖޫރިމަނާކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލް އިން އަންނަނީ ކުރަމުންނެވެ.

މީގެއިތުރުން، މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ މީހުން ފާހަގަކުރަމުންދާ ކަމަށާއި އެގޮތަށް ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ 9341144 ނަންބަރަށް (ވައިބަރ/ވަޓްސްއެޕް) ކޮށްދިނުމަށް ވެސް މާލެ ސިޓީ ކައުންސިލް އިން އެދިފައިވެއެވެ. އަދި ވެބްސައިޓު މެދުވެރިކޮށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފޮނުވޭނެ ކަމަށް ވެސް ސިޓީ ކައުންސިލް އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު