ENGLISH

26 އޭޕްރީލު 2025

Advertisement

އާޓިސްޓުންނަށް އަރަބި ޓްރެވެލް މާކެޓުގައި ހުނަރު ދައްކާލުމުގެ ފުރުސަތު ހުޅުވާލައިފި

05 އޭޕްރީލު 2025

|

އައިޝަތު ނަޖާ

އެމްއެމްޕީއާރު ސީން ކުރިން ބައިވެރިވި ފެއާއެއްގެ ސްޓޯލެއް-- ފައިލް ފޮޓޯ/ އެމްއެމްޕީއާރުސީ

ދިވެހި ފަންނުވެރިންނަށް އަރަބި ޓްރެވެލް މާކެޓުގައި ހުނަރާއި ފަންނު ދައްކާލުމުގެ ފުރުސަތު، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހުޅުވާލައިފިއެވެ.

މި ފުރުސަތަކީ މި މަހުގެ ފަހުކޮޅުން ފެށިގެން އަންނަ މަހުގެ ކުރީކޮޅު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގައި ދިވެހިރާއްޖޭގެ ސްޓޯލްގައި ބައިވެރިވެ، އެމީހުންގެ ހުނަރު ދައްކާލުމަށް ދެވޭ ފުރުސަތެކެވެ. މި ފުރުސަތުގައި ދިވެހި ތަރިކަ އާއި ސަގާފަތް ދައްކުވައިދޭ ތަފާތު މަސައްކަތްތެރިންނަށް ބައިވެރިވެވޭނެއެވެ.

އެމްއެމްޕީއާރުސީން މައުލޫމާތު ދީފައިވާ ގޮތުގައި، މި ފުރުސަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކުރިމަތިލެވޭނީ މި މަހުގެ 9 ވަނަ ދުވަހުގެ 13:30 ގެ ކުރިންނެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް 3323228 އަށް ގުޅޭނެއެވެ.  

މި ފުރުސަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަންނުވެރިންނަށް އޭޓީއެމްގައި ދިވެހިރާއްޖޭގެ ސްޓޯލްގައި އެމީހުންގެ ހުނަރު ދައްކާލުމުގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އަރަބިއަން ޓްރެވެލް މާކެޓަކީ މެދުއިރުމަތީގެ ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު އެއް ޓްރެވެލް އެގްޒިބިޝަން ކަމަށްވެފައި، މި އިވެންޓުގައި ދިވެހި ފަންނުވެރިންނަށް ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ދިވެހި ސަގާފަތާއި ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމުގައި އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު