ENGLISH
13 ޖުލައި 2025
ގައްދޫގައި އައިޑީ ކާޑް ޕްރިންޓް ކުރެވޭނެ ގޮތް ހަމަޖައްސަވައިފި
05 އޭޕްރީލު 2025
|
ގދ. ގައްދޫގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ހަދައިފި އެވެ.
ގައްދޫގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ހެދުމާއެކު އެ ރަށުން އައިޑީ ކާޑު ހަވާލުވެސް ކުރާނެ އެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންސް (ޑީއެންއާރް) އިން ބުނި ގޮތުގައި މިއީ މާލެ ސިޓީ ފިޔަވައި މި ހިދުމަތް ދޭން ފެށި 15 ވަނަ ރަށެވެ.
ގދ. ގައްދޫއަކީ ގދ އަތޮޅުގެ ވެރިކަންކުރާ ރަށް ފިޔަވައި މި ހިދުމަތް ދޭން ފެށި ފުރަތަމަ ރަށެވެ.
މާލެ ނޫން ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފުރަތަމަ ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގއ. ވިލިނގިލީގަ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އައިޑީ ކާޑުގެ ހިދުމަތް ދިނުމަށް ބޮޑު ހޭދައެއް ކުރާއިރު، އެކަމަށް ބޭނުންވާ މެޝިނަރީޒް ލިބެމުންދާވަރަކުން އެ ހިދުމަތް ފުޅާކުރުމަށް ދާހިލީ ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.