ENGLISH

13 ޖުލައި 2025

Advertisement

އައިޕީޔޫގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް އުޒްބަކިސްތާނަށް

05 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންޓަ-ޕާލިމަންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ އާއްމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އުޒްބަކިސްތާނަަށް ވަޑައިގެންފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި އިންޓަ-ޕާލިމަންޓަރީ ޔޫނިއަނުގެ ބައްދަލުވުން ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 9 ވަނަ ދުވަހާ ހަމައަށް އުޒްބަކިސްތާނުގައެވެ. އެ ގައުމުގެ ތަޝްކެންޓަށް މަޖިލީހުގެ ރައީސް ވަޑައިގެންނެވީ މިއަދުއެވެ. 

އައިޕީޔޫގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ކުރައްވަމުންދާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، ހުރާ ދާއިރާގެ މެންބަރު ޑރ.އަނާރާ ނައީމާއި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފު ބައިވެރިވެވަޑައިގަންނަވައެވެ. 

މަޖިލީހުގެ ރައީސް އަބްދުއްރަހީމްވަނީ އައިޕީޔޫގެ ބައެއް މުހިއްމު ބައްދަލުވުންތަކުގައި މީގެ ކުރިންވެސް ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލުކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު