ENGLISH

13 ޖުލައި 2025

Advertisement

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ގުޅީގައި ބިން ހިއްކުމުގެ މަޝްރޫޢު ފަށައިފި

05 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

ކ. ގުޅީގައި ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން..ފޮޓޯ: އެމްޓީސީސީ

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ކ. ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުއަކީ 2023 ވަނަ އަހަރުގެ މާރޗް މަހުގެ 20 ވަނަ ދުވަހު، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރެވުނު މަޝްރޫޢެކެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން ވަރަށް ބޮޑަށް ލަސްވިއެވެ. 

ކެމްޕެއިން ދަތުރުފުޅުތަކުގެ ތެރެއިން ގުޅިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ  ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބަންޑް ވޯލް ޖަހައި، ފަސްއަޅައި ނިމިގެން ނޫނީ ގުޅީގެ ބިންހިއްކުމުގެ މަޝްރޫޢު ނުހުއްޓޭނެކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ގުޅީގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވާނެކަމަށް ރައީސް ވަނީ ރިޔާސީ ކެމްޕެއިނުގައި ވަޢުދުވެވަޑައިގެންފައެވެ.

ކ. ގުޅީގައި ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން..ފޮޓޯ: އެމްޓީސީސީ

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މިހާރު މިވަނީ ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ފަށާފައެވެ. ރޭ ކ.ގުޅީގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ފައްޓަވައިދެއްވާފައިވަނީ އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަޙްމަދު ސަޢުދީ ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ދައުރު ނިމެން ގާތްވެފައިވަނިކޮށް އެމްޓީސީސީއަށް މަސައްކަތް ހަވާލުކުރި ނަމަވެސް، މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއް ކޮށްފައިނުވާކަމަށާއި ނިމިދިޔަ ސަރުކާރުން އެ މަޝްރޫއާމެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން ބަޖެޓު ހަމަޖެއްސުމާއި ވަސީލަތްތައް ހޯދުމުގެ އެއްވެސް ކަމެއްކޮށްފައިނުވާކަން އެމްޑީ ފާހަގަކުރެއްވިއެވެ. 

އެހެން ނަމަވެސް، މިހާރު ޢަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމާއި އިރުޝާދުގެ ދަށުންކަން ސަޢުދީ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު