ENGLISH

12 އޭޕްރީލު 2025

Advertisement

ފުލުހުންގެ ކަސްޓޯޑިއަލްގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅެފި، ހޮސްޕިޓަލްގައި ފަރުވާ ދެނީ

04 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން -- ފޮޓޯ: ޕޮލިސް

ހދ. ކުޅުދުއްފުށި ސިޓީ ޕޮލިސް ކަސްޓޯޑިއަލްގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅުނު މައްސަލައެއް ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ފުލުހުންގެ ޚިދުމަތުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ހުރި މީހަކު މިރޭ 21:12 ގައި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވާ ކަމަަށާއި އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.

އެ މީހާއަކީ އުމުރުން 35 އަހަރުގެ ދިވެއްސެއް ކަމަަށާއި އެ މީހާ ހައްޔަރުކުރީ މަސްތުގެ ހާލުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން ކަަމަށް ވެސް ބުންޏެވެ.

އެ މީހާ ހައްޔަރު ކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ.

މި ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަައް އަޅާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށާ އެ ތަޙުޤީޤު ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ ކަމަށެވެ.

އެކަން އެޗްއާރުސީއެމް އާއި އިންޓަގްރިޓީ ކޮމިޝަނާއި ކަމާބެހޭ މުއައްސަސާތަކާއި ހިއްސާކޮށް ހާދިސާގެ ތަހުގީގަށް މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ކުޅުދުއްފުއްޓަށް ދާން ތައްޔާރުވެފައިވާ ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު