ENGLISH

12 އޭޕްރީލު 2025

Advertisement

ރާއްޖެ، އދ.ގެ އަންހެނުންގެ ކޮމިޝަނަށް އިންތިޚާބުވުން، ރައީސް ދެއްވީ ރާއްޖޭގެ ފުރިހަމަ ބައިވެރިވުން އޮންނާނެ ކަމުގެ ޔަޤީންކަން

04 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

އދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިއު) ގެ މެމްބަރަކަށް ދިވެހިރާއްޖެ އިންތިޚާބު ވެއްޖެ އެވެ.

ރާއްޖެ އިންތިޚާބުވީ 2026-2030 ވަނަ އަހަރުގެ ދައުރަށެވެ. ރާއްޖޭގެ އެ ކާމިޔާބީ ފާހަަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖެއާ އެކު އާ ދައުރަށް އިންތިޚާބުވީ ހުރިހާ ޤައުމުތަކަށް ތަޙުނިޔާ ވިދާޅުވެފަ އެވެ.

އަދި އަންހެނުންގެ ޙައްޤުތަކާއި ބާރުވެރިކުރުވުމާއި ގުޅޭ ކަންކަމުގައި ކޮމިޝަނަށް އެހީތެރިވެ ދިނުމުގައި ރާއްޖެ އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމާއި އަންހެނުން ބާރުވެރިކުރުވުމުގައި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެ ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ. އަދި ރާއްޖެ އިންތިޒާރު ކުރަނީ މިހާރަށް ވުރެ ބޮަޑަށް އެ ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާވެ ހުރިހާ މެންބަރު ޤައުމުތަކާއެކު ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ދުވަސްތަކަކަށް ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު