ENGLISH
12 އޭޕްރީލު 2025
ކުޅަދާނަ ޅެންވެރިޔާ އައިޝަތު އަނީސް އަވަހާރަވެއްޖެ
04 އޭޕްރީލު 2025
|
މއ. ކަޝިސް، ޢާއިޝަތުދީދީ
ކުޅަދާނަ ޅެންވެރިޔާ ޢާއިޝަތު އަނީސް (ޢާއިޝަތުދީދީ) މިއަދު އަވަހާރަވެއްޖެ އެވެ.
މއ. ކަޝިސް، ޢާއިޝަތުދީދީ އަވަހާރަވީ އުމުރުން 91 އަހަރުގަ އެވެ. އާލާސްކަންފުޅާ އުޅުއްވާތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ.
ޢާއިޝަތުދީދީ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަބްދުﷲ ޙަސަން (ހޮޅުދޫ އަބްދުﷲ) ގެ އަނބިކަނބަލުންނެވެ. އެކަމަނާ ވަނީ ވަރަށް ރީތި ޅެންތަކެއް ހައްދަވައިފަ އެވެ. އޭގެ ތެރޭގައި "އިސްލާޙް ވާން އެދޭނަމަ ފުރުސަތު ނަގާނުލާ" އާއި "އޯ ވަޒަން" އަދި "ގަސްރުކުން މަލަފެވޭ" ފަދަ ޅެންތައް ހިމެނެ އެވެ.
މި ހުރިހާ ޅެންތައް ލަވަތަކުގެ ގޮތުގައި ރެކޯޑް ކުރެވި ދިވެހީންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވެފައިވެ އެވެ. މި ހުރިހާ ލަވަތައް ވިދާޅުވެ ދެއްވީ ޢަބްދުﷲ ޙަސަން އެވެ.
ސަރުކާރުގެ ވަޒީފާތަކަށް އަންހެނުން ހަމަޖައްސަން ފެށުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފުރަތަމަ ނެންގެވި އަންހެން މުވައްޒިފުންގެ ތެރޭގައި ޢާއިޝަތުދީދީ ހިމެނިވަޑައިގަންނަވަ އެވެ.
އަބްދުﷲ ހަސަން އަވަހާރަވީ ނޮވެމްބަރު 19، 2021 ގަ އެވެ. އަބްދުﷲ އަވަހާރަވީ 17 އަހަރެއްހާ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ.