ENGLISH
10 އޭޕްރީލު 2025
"ހާތްތެރީ" ގެ ނަމުގައި މުޅިން އާ ކޮމެޑީ ސިލްސިލާއެއް އެމްއެމްޓީވީން ފަށައިފި
04 އޭޕްރީލު 2025
|
"ހާތްތެރީ" ގެ މަންޒަރެއް.
"ހާތްތެރީ"ގެ ނަމުގައި މުޅިން އާ ކޮމެޑީ ސިލްސިލާއެއް އެމްއެމްޓީވީން ގެނެސްދޭން ފަށައިފި އެވެ.
ރާއްޖޭގެ މަޝްހޫރު ދެ ކޮމީޑިއަނުން ކަމަށްވާ ނާޒިރު ޝިހާމް (ކާއްޓޭ) އާއި ހުސައިން ޝާދު (މަޓޭ) ހުށަހަޅައިދޭ މި ޝޯވ އެމްއެމްޓީވީން ގެނެސްދޭނީ ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު ފަހު 2:15 ގައެވެ. މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު ފަހު ވަނީ އެމްއެމްޓީވީން ގެނެސްދީފައެވެ.
މިއީ ރާއްޖޭގެ ފަހުގެ ތާރީޚެއްގައި ގެނެސްދޭ ފުރަތަމަ ކޮމެޑީ ސިލްސިލާ އެވެ. ކޮންމެ ހަފުތާއެއްގެ ޝޯވގައި ވެސް އަލިއަޅުވާލީ ރާއްޖޭގެ އިޖްތިމާޢީ ކޮންމެވެސް މައްސަލައަކަށެވެ. ޝޯވގެ މަގްސަދަކީ މިފަދަ މައްސަލަތަކަށް، ހެއްވާ މަޖާ އަދި މީހުން މުނިފޫހިފިލުވައިދެވޭނެ ގޮތަކަށް ހޭލުންތެރިކަން އިތުރުކޮށް ހައްލުތަކެއް ހޯދައިދިނުމެވެ.