ENGLISH
10 އޭޕްރީލު 2025
އެމްބީއެސްއިން ޚިދުމަތްދޭ ގަޑިތަކަށް ބަދަލުގެންނަނީ
04 އޭޕްރީލު 2025
|
މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން ޚިދުމަތްދޭ ގަޑިތަކަށް އަންނަ ހަފުތާއިން ފެށިގެން ބަދަލުގެންނަވަން ނިންމައިފިއެވެ.
އެގޮތުން އެޕްރީލް 6 ވަނަ ދުވަހުން ފެށިގެން އެމްބީއެސް ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށެވެ.
އެމްބީއެސް އިން ހާމަކޮށްފައިވާ ގޮތުގައި އެޗް.ބީ ބެލުމަށް ސާމްޕަލް ނެގުން ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާ ދެމެދު 8:00 އިން 20:00 އަށް ކުރިއަށްދާނެއެވެ. އަދި ކްރޮސްމެޗު ހެދުމަށް ސާމްޕަލް ނެގުމުގެ ޚިދުމަތް ހޮނިހިރު ދުވަހާއި ބުދަ ދުވަހާ ދެމެދު 8:00 އިން 20:00 އަށް އަދި ބުރާސްފަތި ދުވަހު 8:00 އިން 17:45 އަށް ލިބޭނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ތެލަސީމިއާ ސްކްރީނިންގެ ޚިދުމަތް ލިބޭނީ 8:30 އިން 13:00 އަށް ކަމަށާއި، ތެލަސީމިއާ ކާޑު ދޫކުރާނީ 8:00 އިން 14:00 އަށް ކަމަށް އެމްބީއެސް އިން ބުނެއެވެ. އަދި ޑޯނަރުން ގައިން ލޭ ނެގުން ކުރިއަށްދާނީ 8:00 އިން 19:45 އަށް ކަމަށާއި، ޑޯނަރުން ގައިން އެފެރެސިސްކޮށް ލޭ ނެގުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 8:00 އިން 19:30 އަށް ކަމަށްވެސް އެ ސަރވިސް އިން ބުނެއެވެ.
އެމްބީއެސް އިން ބުނީ ލޭ ގުޅައިދިނުން (1 ޔުނިޓް) ގެ ޚިދުމަތް 8:00 އިން 16:30 އަށް ލޭ ގުޅައިދިނުން (2 ޔުނިޓު) ގެ ޚިދުމަތް 8:00 އިން 14:30 އަށް ހުރިހާ އުމުރު ފުރާއަކަށް ވެސް ލިބޭނެ ކަމަށެވެ. މީގެ އިތުރުން އެ ސަރވިސް އިން ބުނީ ޑޮކްޓަރުން ބައްލަވާނީ 8:00 އިން 20:30 އަށް ކަމަށެވެ.