ENGLISH
10 އޭޕްރީލު 2025
މިއަދު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް
04 އޭޕްރީލު 2025
|
މާލޭގެ ކާނިވާ ބަސް ޓާމިނަލް ސަރަހައްދަށް ބޯކޮށް ވާރެވެހެނީ-- ފައިލް ފޮޓޯ
މިއަދު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އިން ބުނީ، ދެކުނަށް މޫސުން ގޯސްވެ ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށެވެ. ނަމަވެސް އުތުރަށް މޫސުން އާންމުގޮތެއްގައި ރަނގަޅޔވާނެކަމަށް މެޓް އިން ބުނެފައިވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާ 4 ފޫޓާއި ދެމެދުގައި ކަމަށް މެޓުން ބުނެފައިވެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލުނެރެފައިވެއެވެ.