ENGLISH
10 އޭޕްރީލު 2025
ގިނަ އަދަދެއްގެ ބަނގުރާ އުފުލި ވޭނެެއް ހިފަހައްޓާ ޑްރައިވަރު ހައްޔަރު ކޮށްފި
04 އޭޕްރީލު 2025
|
ފުލުހުން އަތުލައިގަތް ބަނގުރާފުޅިތައް -- ފޮޓޯ: ޕޮލިސް
ގިނަ އަދަދެއްގެ ބަނގުރާ އުފުލި ވޭނެެއް ހިފަހައްޓާ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފުޅިތަކެއް އަޅާފައި ހުރި ފޮށިތަކެއް އަރުވައިގެން ވޭނެއް ހުޅުމާލެއަށް ދަތުރުކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ވޭން މިރޭ 9:46 ހާއިރު ހުޅުމާލެ އިން ހުއްޓުވާ ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
އެ ވޭން ހުއްޓުވީ ރީތިގަސް މަގުންނެވެ.
އެ ވޭނުން ބަނގުރާ އަޅާފައިވާ ކަމަށް ބެލެވޭ 500 އެމްއެލްގެ ގިނަ އަދަދެެއްގެ ފުޅި ވަނީ ފެނިފަ އެވެ.
މި މައްސަލައާ ގުޅިގެން ވޭން ދުއްވި ނޭޕަލް މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ.
މި ވޭނުން ބަނގުރާ ކަމަށް ބެލެވޭ 75 ފުޅި ފެނިފައިވާ ކަމަށާއި އެ ވޭން ޓޯކޮށް މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.