ENGLISH

10 އޭޕްރީލު 2025

Advertisement

މުޝްފިޤް ހޯދުމުގެ އޮޕަރޭޝަން: ކަނޑާއި ވައިގެ މަގުން ބޮޑު ސަރަޙައްދެއް ބަލަައިފި

03 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ގެއްލިގެން ހޯދަމުންދާ ޒުވާނާ

“ހޮޅުދޫ ބޯޓް” ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު ޒުވާނާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި އެވެ.

ރޭ ހިނގި ނުރައްކާތެރި ހާދިސާގައި ގެއްލުނީ ލ. މާވަށު އަހިމާގެ، އުމުރުން 25 އަހަރުގެ އަލީ މުޝްފިޤް މުހައްމަދު ޝަރީފެވެ. މުޝްފިޤް ހޯދުމުގެ އޮޕަރޭޝަން ރޭ ވަނީ ފަށާފަ އެވެ.

އެމްއެންޑީއެފްގެ ސަރޗް އޮޕަރޭޝަންގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކޮށް ސިފައިން ބުނީ ސަރފޭސް ސަރޗްގެ ގޮތުގައި 53.04 އަކަ ނޯޓިކަލް މޭލް ބަލާފައިވާ ކަމަށެވެ.

އަދި އަންޑަރވޯޓަރ (ޑައިވިންގ) ސަރޗްގެ ގޮތުގައި 64240 އަކަމީޓަރު ވަނީ ބަލާފަ އެވެ. މީގެ އިތުރުން ވައިގެ މަގުން 1545 އަކަ މޭލް (4000 އަކަމީޓަރު) ބަލާފައިވާ ކަމަށް ވެސް ބެންޏެވެ.

ޢަލީ މުޝްފިޤް ޝަރީފް ހޯދުމުގެ މަސައްކަތުގައި ކަނޑާއި ވައިގެމަގުން އަދި ޑައިވަރުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށް ސިފައިން ބުންޏެވެ.

ރޭ ހިނގި ހާދިސާގައި ބޯޓް ވަނީ އެއްކޮށް އަނދައިފަ އެވެ. އަދި ބޯޓް ވަނީ އަނޑިއަށް ގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު