ENGLISH
10 އޭޕްރީލު 2025
ރައްޔިތުންގެ ޚިޔާލަށް ރައީސްގެ ޕޯލްއެއް: ދުންފަތް އެކީ މަނާކުރަންވީ ކޮން ޢުމުރަކުން؟
03 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ރައީސް އޮފީސް
ދުންފަތުގެ ބާވަތްތައް އެކީ މަނާކުރަންވީ އުމުރާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ ޕޯލްއެއް ހުޅުވާލައްވައިފި އެވެ.
ރައީސްގެ އެ ޕޯލް ހުޅުވައިލެއްވީ އެކްސްގައެވެ. އެ ޕޯލް ގައި ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ އުމުރެއް ތަންފީޒު ކުރަން ނިންމަވާފައިވާ ކަމަށެވެ. އެއީ ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތަކުން ދިވެހި ޒުވާން ޖީލާއި އަންނަން އޮތް ޖީލުތަކުގެ ސިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެހެން ކަމުން އެކަން ތަންފީޒު ކުރަން އެންމެ ރަނގަޅު އުމުރަކީ ކޮބައިތޯ ރައީސްގެ ޕޯލް ގައި ސުވާލު ކުރައްވާފައިވެ އެވެ.
އެ ޕޯލްގައި އެމަނިކުފާނު ވަނީ ތިން އުމުރުފުރައެއް ފާހަގަ ކުރައްވާފަ އެވެ. އެއީ ޖަނަވަރީ 1, 2007 ގެ ފަހުން އުފަންވި މީހުންނާއި ޖަނަވަރީ 1, 2004 ގެ ފަހުން އުފަންވި މީހުންނާއި ޖަނަވަރީ 1, 2000 ގެ ފަހުން އުފަންވި މީހުންގެ އުމުރުފުރާ އެވެ.
ރައީސް ވަނީ މި އުމުރުފުރާގެ ތެރެއިން ސިނގިރޭޓު އެކީ މަނާކުރަންވީ ކޮން އުމުރަކަށްތޯ ޚިޔާލު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ރައީސް ކުރީން ފާހަގަކުރެއްވި ގޮތުގައި މި ތިން ހުށަހެޅުއްވުމުގައި ބެއްލެވީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަަކީ ދުންފަތް ބޭނުންކުރަން ފަށާފައިނުވާ ނުވަތަ ދުންފަތުގެ ބާވަތްތައް އިސްތިއުމާލުކުރާތާ އެހައި ގިނަ ދުވަސްނުވާ ބަޔަކަށްވާތީ އެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން މަސަތްކަތް ކުރަނީ ހަޤީޤަތުގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލަ ހައްލުކުރުމަށް ކަމުގައެވެ. އަދި އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މި ގައުމުގެ ޅަދަރިން ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުރަގަނޅު އާދައަކަށް ދޫކޮށްލައިގެން ސަރުކާރެއް އޮންނަންވީ އެއްވެސް ސަބަބެއް ނެތްކަމަށްވެސް ވިދާޅުވި އެވެ.