ENGLISH
10 އޭޕްރީލު 2025
ހަތް ވަނަ ބައިނަލްއަޤްވާމީ މިނިސްޓީރިއަލް ސަމިޓުގައި ހެލްތު މިނިސްޓަރު ބައިވެރިވެ ވަޑައިގެންފި
03 އޭޕްރީލު 2025
|
7 ވަނަ ބައިނަލްއަޤްވާމީ މިނިސްޓީރިއަލް ސަމިޓުގެ ތެރެއިން.. ފޮޓޯ: ސިއްޙީ ވުޒާރާ
ފިލިޕީންސްގެ މެނިލާގައި އޭޕްރީލް 3 އިން 4 އަށް ބާއްވާ ހަތް ވަނަ ބައިނަލްއަޤްވާމީ މިނިސްޓާރސް ސަމިޓް ފޯ ޕޭޝަންޓް ސޭފްޓީގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ބައިވެރިވެވަޑައިގެންފިއެވެ.
ޑިޕާޓްމަންޓް އޮފް ހެލްތު އޮފް ދަ ރިޕަބްލިކް އޮފް ފިލިޕީންސް އިން އިންތިޒާމްކުރި މި ސަމިޓަކީ ދުނިޔޭގެ ސިއްހީ ދާއިރާގެ ލީޑަރުންނާއި ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުން އެއްތަންވެ ސިއްހީ ފަރުވާގެ ފެންވަރު ރަނގަޅުކުރުމާއި ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ ބައިނަލްއަގްވާމީ މަސައްކަތްތައް ހަރުދަނާކުރަން ބާއްވާ ސަމިޓެކެވެ.
މީގެ އިތުރުން، މި ސަމިޓަކީ މިނިސްޓަރުންނާއި ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނަށް ގްލޯބަލް ޕޭޝަންޓް ސޭފްޓީ އެކްޝަން ޕްލޭން (ޖީޕީއެސްއޭޕީ) 2021-2030 ގެ ކުރިއެރުންތައް ވަޒަންކޮށް، ބަލިމީހުންގެ ރައްކާތެރިކަމުގައި އިސްކަންދޭ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، މުހިންމު ގޮންޖެހުންތަކާ ކުރިމަތިލުމަށް ސްޓްރެޓެޖީތައް ކަނޑައަޅަަން ބާއްވާ އިވެންޓެކެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި، ޕްރައިމަރީ އަދި އެންބިއުލެޓަރީ ކެއާ، ޕޭޝަންޓް އެންގޭޖްމަންޓް، އަދި ޑައިގްނޯސްޓިކް ސޭފްޓީ ފަދަ ދުނިޔޭގެ މައްސަލަތަކުގެ ސަބަބުން ސިއްހީ ފަރުވާގެ ނިޒާމުތަކަށް ކުރާ އަސަރުތަކާ ބެހޭގޮތުން މަޝްވަރާކުރުން ވެސް މި ސަމިޓްގައި ހިމެނެއެވެ.
ބަލިމީހުންނަށް ދޭ ފަރުވާ އިތުރަށް ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ހެލްތުކެއާ ފެސިލިޓީތަކުގައި ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ފްރޭމްވޯކާއި އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލްގެ ނޭޝަނަލް ގައިޑްލައިންސް (އައިޕީސީ) ވަނީ ތަންފީޒުކޮށްފައެވެ. މީގެ ސަބަބުން، ނޭޝަނަލް މެޑިކޭޝަން ޕްރެކްޓިސް ސްޓޭންޑަޑުގެ ހަވާސާގެ ތެރެއިން، ސިއްހީ ހިދުމަތްދޭ ތަންތަނުގައި ރައްކާތެރި އަދި ފައިދާހުރި ބޭސް ބޭނުންކުރުން ކަށަވަރުކޮށްދެވެއެވެ.