ENGLISH

10 އޭޕްރީލު 2025

Advertisement

ރަމަޟާން މަހު މަސް ދަޅުކޭސް ބެހުމަށް ސަރުކާރުން 81.7 މިލިއަން ރުފިޔާ ޚަރަދުކުރި

03 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

ފޮޓޯ: ޕީއެސްއެމް ނިއުސް

މި އަހަރުގެ ކުރީކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭސް ބެހުމަށް ސަރުކާރުން ގާތްގަނޑަކަށް 81.7 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.

ރަމަޟާން މަސް ނިމުނުއިރު މުޅި ރާއްޖެއަށް ޖުމްލަ 111،231 މަސްދަޅު ކޭސް ބަހާފައިވާއިރު، އެއީ މާލޭގެ 50،519 ގޭބިސީއަކާއި އަތޮޅުތަކުގެ 60،712 ގޭބިސީއެކެވެ.

މި މަސައްކަތް ހަވާލުކޮށްފައިވާ ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވަނީ ކޭހަކަށް ދެ ޑޮލަރުގެ ޑިސްކައުންޓެއް ދީފައެވެ.

ނިމިދިޔަ އަހަރުގެ ރޯދަމަހު ސަރުކާރުން ވަނީ ރާއްޖޭގެ 82،000 ގޭބިސީއަކަށް ހަނޑޫލާއި ހަކުރު ފޯރުކޮށްދީފައެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ކަރަންޓު ބިލާއި ފެން ބިލުން މިދިޔަ އަހަރާއި މި އަހަރު ވެސް ޑިސްކައުންޓް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު