ENGLISH
19 އޭޕްރީލު 2025
ހޮޅުދޫ ބޯޓުން 18 މީހަކު ދަތުރުކުރި، އެކަކު ވަނީ ގެއްލިފައި
02 އޭޕްރީލު 2025
|
ހޮޅުދޫ ބޯޓްގައި ރޯވެފައި -- ފޮޓޯ: އެމްއެންޑީއެފް
އަލިފާނުގެ ހާދިސާއެއްގައި މިރޭ އަނދައިގެންދިޔަ "ހޮޅުދޫ ބޯޓް" އިން ދަތުރުކުރި އެކަކު ގެއްލިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ ބޯޓުން ކެޕްޓަނާ އެކު ޖުމްލަ 18 މީހަކު ދަތުރު ކުރި ކަމަށެވެ. އޭގެ ތެރެއިން 17 މީހަކު ވަނީ ސަލާމަތް ކޮށްފަ އެވެ. ގެއްލިފައި ވަނީ އުމުރުން 25 އަހަރުގެ އަލީ މުޝްފިޤު މުޙައްމަދު އެވެ.
ލ. މާވަށުން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް އަލިފާން ރޯވި ހޮޅުދޫ ބޯޓު -- ފޮޓޯ/ ހޮޅުދޫ ބޯޓު ޕޭޖު
އަލިފާން ރޯވެ މުޅި ބޯޓް ވަނީ އަނދާފަ އެވެ. ބޯޓުގައި އަލިފާން ރޯވީ ލ. މާވަށުން ފުރައިގެން މާލެ ދަތުރު ކުރަނިކޮށެވެ. އެ ބޯޓު މިހާރު އޮތް ކަމަށް ފޮލޯމީ އެޕުން ދައްކަނީ ތ. ކަނޑޫދޫ އާ ދިމާ އިރުމަތީ އަހަންމަދު ކަލޭގެ ފަޅާއި ދެމެދުގައެވެ. މީސް މީޑިޔާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ބޯޓުގެ ތައްޓާއި ހަމައަށް ވަނީ އަނދާހުލިވެފައެވެ. އެއީ މުދަލާއި ފަސިންޖަރުން އުފުކުމަށް ތިން ޑެކަށް ވާގޮތަށް ބަނދެފައިވާ ބޯޓެކެވެ.
އެެމްއެމްޑީއެފުން ބުނީ ކައްދޫ ގައި ތިބި ސިފައިން ބޯޓް ކައިރީ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.