ENGLISH

06 އޭޕްރީލު 2025

Advertisement

އިންޑިޔާއިން ރާއްޖެ އެތެރެކުރާ ތަކެތީގެ ކޯޓާއަށް ބޮޑު އިތުރުވުމެއް

02 އޭޕްރީލު 2025

|

ޝާމަ ޝުޢައިބު

ދިހަ ބާވަތެއްގެ މުދާ ފޮނުވުމަށް އިންޑިއާ އިން ވަނީ އެއްބަސްވެފަ - ފޮޓޯ: ދައުރު

އިންޑިއާ އިން ރާއްޖެ އެތެރެ ކުރާ ކާޑުގެ ބާވަތްތަކާއި ބައެއް ޒަރޫރީ ތަކެތި އެގައުމުން ބޭރުކުރެވޭނެ އެންމެ ގިނަ މިންވަރު މުރާޖައާ ކޮށް އިތުރު ކޮށްދީފިއެވެ. 

ރާއްޖޭގައި ހުންނަ އިންޑިޔާގެ ސަފާރާއިން އާންމުކޮށްފައިވާ ގޮތުން ހިލައާއި، ހިލަވެލި ރާއްޖެއަށް އެކްސްޕޯޓްކުރެވޭނެ އެންމެ ގިނަ މިންވަރުކަމަށް ކަނޑައަޅައިފައިވާ މިންވަރު 30 އިންސައްތައިން، 1،300،000 މެޓްރިކް ޓަން ބޭރުކުރުމަށް ހުއްދަ ދީފައިވެއެވެ.

މީގެ އިތުރުން ބިސް، އަލުވި، ފިޔާ، ހަކުރު، ފުށް އަދި ހަނޑޫ ރާއްޖެއަށް އެކްސްޕޯޓް ކުރާ މިންވަރު ފަސް އިންސައްތައިން އިތުރު ކޮށްފައިވެއެވެ. މުގު އެތެރެކުރެވޭނެ މިންވަރު އިތުރު ކޮށްފައިވަނީ 56 އިންސައްތައިންނެވެ. 

މި ބަދަލާއެކު އިންޑިއާ އިން ރާއްޖެއަށް ބިސް އިތުރުކުރާ މިންވަރު 448،913،750 ބިހަށް އިތުރުވެގެން ދާނެއެވެ. އަދި އަލުވި އެތެރެކުރެވޭ މިންވަރު 22،589 މެޓްރިކް ޓަނަށް އިތުރުވެގެންދާއިރު ފިޔާ އެތެރެކުރެވޭ މިންވަރު 37،537 މެޓްރިކް ޓަނަށް، ހަނޑޫ އެތެރެކުރެވޭ މިންވަރު 130،429 މެޓްރިކް ޓަނަށް، ފުށް އެތެރެކުރެވޭ މިންވަރު 114،621 މެޓްރިކް ޓަނަށް އިތުރުވުމާއެކު، ހަކުރު އިމްޕޯޓުކުރެވޭ މިންވަރު 67،719 މެޓްރިކް ޓަނަށް އަދި މުގު އެތެރެކުރެވޭ މިންވަރު 350 މެޓްރިކް ޓަނަށް އިތުރުވާނެއެވެ. 

އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޚާއްސަ އަގުތަކުގައި ރާއްޖެއަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް އަދި ފިޔާ ހިމެނެއެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުން ގާއިމްކޮށްފައިވަނީ 1981 ވަނަ އަހަރެވެ.

އިންޑިޔާއިން މުދާ އެތެރެކުރެވޭ މިންވަރު އިތުރުކުރުމުން ދެ ގައުމުގެ މެދުގައި ވިޔަފާރިކުރާ މިންވަރު އިތުރުވާނެއެވެ. އިންޑިޔާއިން ރާއްޖެއަށް ބައެއް ބާވަތްތަކުގެ މުދާ އެތެރެކުރެވޭ މިންވަރު އިތުރުކޮށްދީފައިވާއިރު، ދިވެހިރާއްޖޭގެ އިންޑިޔާގެ ދެމެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. 

މި ބަދަލުތަކާއެކު ކުރިއަށް އޮތްތަނުގައި އިންޑިޔާއިން ރާއްޖެއަށް އެތެރެކުރާ މުދާ އިތުރުވެ، އެ މުދަލުގެ އަގުވެސް ހެޔޮވާނެ ކަމުގައި މާހިރުން ވިދާޅުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު