ENGLISH
07 އޭޕްރީލު 2025
ސަކާ އެނބުރި އައިސް އާސެނަލް މޮޅުކޮށްދީފި
02 އޭޕްރީލު 2025
|
އާސެނަލްގެ ސަކާ (ކ) އަތުން ބޯޅަ ހޯދަން ފުލަމްގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. --ފޮޓޯ: ރޮއިޓާސް
އަނިޔާއަށް ފަހު ތިން މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރި ބުކާޔޯ ސަކާ، އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ޖެހި ލަނޑާއެކު، ފުލަމް އަތުން 2-1 އިން އާސެނަލް މޮޅުވެއްޖެއެވެ.
މި މޮޅާއެކު، އާސެނަލް އުޅެނީ ދެވަނައިގައެވެ. އެންމެ ކުރީގައި އުޅޭ ލިވަޕޫލަށް 29 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލް ދެވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެގެން 61 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް ނޮޓިންގހަމް ފޮރެސްޓަށް ލިބިފައިވަނީ 57 ޕޮއިންޓެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް، އާސެނަލުން ލީޑު ނެގީ ސްޕެއިނުގެ މިޑްފީލްޑަރު، މިކޭލް މެރީނޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އާސެނަލްގެ ދެވަނަ ލަނޑު، 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބަދަލަކަށް ކުޅެން ނިކުތް ސަކާ އެވެ.
މެޗުގައި ފުލަމް އިން ޖެހި ހަމައެކަނި ލަނޑު، އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ރޮޑްރިގޯ މުނީޒް އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ފޮރެސްޓްގެ ދަނޑުގައި އެ ޓީމު ވަނީ 1-0 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްފައެވެ. ވުލްވްސްގެ ދަނޑުގައި އެ ޓީމު ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރީ ވެސް ހަމަ 1-0 އިންނެވެ.