ENGLISH

23 މޭ 2026

Advertisement

މައްސަލަ ހައްލުކޮށް މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދީފި

23 މޭ 2026

|

ޢަލީ ޝަހީމް

މިއަދު ޓެކްނިކަލް މައްސަލައެއް ދިމާވެ ކަރަންޓުގެ ޚިދުމަތް ކެނޑުނު މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަޙައްދަކަށް އަލުން ކަރަންޓު ދީފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. 

ސްޓެލްކޯއިން ދެންމެ 'އެކްސް' ގައި ކުރި ޕޯސްޓުގައި ބުނީ މައްސަލަ ހައްލުކޮށް މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް ކެނޑުނު ހުރިހާ ސަރަޙައްދަކަށް މިހާރު އަލުން ކަރަންޓު ދީފައިވާކަމަށެވެ. 

މިއަދު ހެނދުނު ކަރަންޓު ދިއުމާއެކު ސްޓެލްކޯއިން ވަނީ ވަގުތުން މަސައްކަތް ފަށައިފައެވެ. އޭގެކުރިން ސްޓެލްކޯއިން ވަނީ  ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން މިއަދު ވަނީ އަޕްގްރޭޑިން މަސައްކަތް ކޮށްފައެވެ. އެ މަސައްކަތް ފުރިހަމަކޮށް ނިންމާލީ ކަރަންޓު ކަނޑާނުލައެވެ. މަސައްކަތް ކޮށްފައިވަނީ ރޭ 3 އިން މިއަދު ހެނދުނު 8 އާ ހަމައަށެވެ.

މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަޙައްދަކުން ކަރަންޓު ދިޔައީ އެމަސައްކަތް ނިންމާލި ފަހުންނެވެ. 

ކަރަންޓުގެ ޚިދުމަތް އެއްކޮށް އިއާދަކުރުމަށްފަހު ސްޓެލްކޯއިން އާއްމުކުރި ޕޯސްޓުގައި ވަނީ، އެއްވެސް ސަބަބަކާ ހެދި ކަރަންޓުގެ ޚިދުމަތް ނުލިބޭނަމަ އިމަޖެންސީ ހޮޓްލައިން 104 ނުވަތަ ކޯލް ސެންޓަރުގެ ނަންބަރު 1545 އަށް ގުޅުމަށް އެދިފައެވެ. އަދި ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ. 

ކިޔުންތެރިންގެ ހިޔާލު