ENGLISH

02 އޭޕްރީލު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ އެމްޑަބްލިޔުއެސްސީގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެ

01 އޭޕްރީލު 2025

|

ފަޒީލް ޢަބްދުލް ލަތީފު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު--ފޮޓޯ:ރައީސް އޮފީސް

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ 30 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސްގެ ތަހުނިޔާގެ މެސެޖުގައި، މިއަދު ފާހަގަކުރާ އެމްޑަބްލިއުއެސްސީގެ އަހަރީދުހާ ގުޅިގެން ކުންފުނީގެ ކުރީގެ އަދި މިހާރުގެ ޚިދުމަތްތެރިންނަށް މަރުޙަބާއާއި ޝުކުރު އަދާކުރައްވާފައިވެއެވެ. 

އެމް.ޑަބްލިޔު.އެސް.ސީ ގެ 30 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މީގެތެރޭގައި، ކުޑަކުދިންގެ ހަވީރަކާއި، ލޭ ހަދިޔާ ކުރުމުގެ ޕްރޮގޮރާމަކާއި، ގަސްއިންދުމުގެ ޕްރޮގްރާމު އަދި ކަސްޓަމަރުންނަށް އަމާޒުކޮށްށްގެން ހިންގޭ ތަފާތު އެކި އެކި ޕްރޮގްރާމްތައް ހިމެނެއެވެ.

މީގެ 30 އަހަރުކުރިން، 1 އޭޕްރިލް 1995 ވަނަ އަހަރު މި ކުންފުނި އުފައްދާފައިވަނީ، އޭރު މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ. ކުންފުނީގެ 30 އަހަރު ދުވަހުގެ މާޒީގައި އެމްޑަބްލިއުއެސްސީން ވަނީ، ކުންފުނީގެ ފަރާތުން ފޯރުކޮށްދޭ ހިތުމަތްތައް އިތުރުކޮށް ގިނަ ކުރިއެރުންތަކެއް ހާސިލުކޮށްފައެވެ.

އެމްޑަބްލިއުއެސްސީ ހިދުމަތް ފެށިގެންއައި ދުވަސްވަރުގެ ބައެއް ފޮޓޯ--ފޮޓޯ:އެމްޑަބްލިއުއެސްސީ

ކުންފުނި އުފެދިގެން އައީ، 60 މުވައްޒަފުންނާއި އެކު، އޭރު 60 ހާސް މީހުންގެ އާބާދީއެއް އޮތް މާލެ އަށް، އެކަނި ޚިދުމަތް ދިނުމަށެވެ. ނަމަވެސް މިއަދު 1000 އަށްވުރެ ގިނަ މުއައްޒަފުންނާއިއެކު ރާއްޖޭގެ ޖުމްލަ އާބާދީގެ 50% އަށްވުރެ ބޮޑު ބަޔަކަށް މިކުންފުނިން ހިދުމަތް ދެއެވެ. ކުންފުނި ހިންގަން ފެށީ ޑެންމާކް ގެ މެނޭޖްމެންޓް ޓީމަކުން ކަމުގައިވީނަމަވެސް، މިއަދު އެމް.ޑަބްލިއު.އެސް.ސީ އަކީ %100 ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއި އެކު ހިންގަމުންދާ ފަޚުރުވެރި ކުންފުންޏެކެވެ. އޭރު ކުންފުނީގެ ގާބިލުކަން ހުރި މިންވަރުން ދުވާލަކު އުފެއްދެނީ 900 ކޮޑި މީޓަރު ފެނެވެ. އަދި ފެން ރައްކާކުރެވޭ މިންވަރު ހުރީ 10,000 ކޮޑި މީޓަރުގައެވެ. ނަމަވެސް މިހާރު މިކުންފުންޏަށް ދުވާލަކު ދުވާލަކު 47,300  ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ އަދި 44,858 ކޮޑި މީޓަރުގެ ފެން ރައްކާ ކުރުމުގެ ޤާބިލްކަން ލިބިފައިވެއެވެ.   ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން އުފެއްދި މިކުންފުންޏަކީ މިހާރު، 30 އަހަރު ދުވަހުގެ ތަޖުރިބާއާއެކު އިންޖީނިއަރިންގ، ޓްރޭޑިންގ އަދި މެނުފެކްޗަރިންގް ގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި، އެމްޑަބްލިޔުއެސްސީން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވަނީ ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. މިގޮތުން މާލެއާއި ހުޅުމާލޭގެ ފެން ރައްކާކުރާ ޕްލާންޓްތައް ގުޅަލައި، ސިނަ މާލެ ބުރިޖު މެދުވެރިކޮށް ފެނުގެ ވިއުގައެއް އެޅުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

މިހިނގާ 2025 ވަނަ އަހަރު ފެނުގެ 17 ޕްރޮޖެކްޓަކާއި ނަރުދަމާގެ 15 ޕްރޮޖެކްޓަކާއި އެކު ޖުމްލަ 32 ޕްރޮޖެކްޓެއްގެ މަސައްކަތް ސަރުކާރުން ވަނީ އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު