ENGLISH
02 އޭޕްރީލު 2025
ހާލަންޑަށް އަނިޔާވެ، ދުވަސްތަކަކަށް ކުޅުމާ ދުރަށް
01 އޭޕްރީލު 2025
|
ސިޓީގެ ފޯވާޑް، ހާލަންޑް. --ފޮޓޯ: ރޮއިޓާސް
އެންމެ މަޤްބޫލު
މެންޗެސްޓަރ ސިޓީގެ ނޯވޭ ފޯވާޑް، އާލިން ހާލަންޑް އަށް އަނިޔާވެ، ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.
ސިޓީން ބުނީ، ހާލަންޑްގެ އަނިޔާގެ ސީރިއަސްކަން ބެލުމަށް އިތުރު ޓެސްޓުތައް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހާލަންޑްގެ ވާތު ފައިގެ ކުޑަހުޅަށް އަނިޔާވީ، މި ހަފްތާ ބަންދުގައި އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓަރ ފައިނަލުގައި ބޯންމަތު އަތުން ސިޓީ މޮޅުވި މެޗުގައެވެ.
ހާލަންޑަށް ލިބިފައިމިވާ އަނިޔާގެ ސަބަބުން އެ މުބާރާތުގެ ސެމީ ފައިނަލުގައި މި މަހުގެ ފަހު ކޮޅު ނޮޓިންގހަމް ފޮރެސްޓާ ދެކޮޅަށް ސިޓީ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ކުޅެވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
ސިޓީން ނެރުނު ބަޔާނެއްގައިވަނީ، ހާލަންޑަށް ލިބިފައިވާ އަނިޔާގެ ސީރިއަސްކަން ބެލުމަށް ސްޕެޝަލިސްޓެއްގެ ލަފާ ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، ސީޒަނުގެ ބާކީ އޮތް ބައިގައި ހާލަންޑަށް ކުޅެވޭނެކަމަށް އުއްމީދުކުރާކަމަށާއި، އޭގެތެރޭގައި އަންނަ ޖޫން މަހު ބާއްވާ ފީފާ ކުލަބް ވޯލްޑް ކަޕްގައި އޭނާގެ ބޭނުންހިފޭނެ ކަމަށް ސިޓީން ގަބޫލުކުރެއެވެ.
މިދިޔަ އަހަރު ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދި ސިޓީ އަށް މި ސީޒަނުގައި ފޯމު ދަށްވެ، އެކަށީގެންވާ ކުޅުމެއްނުދެއްކި ވަނީ ތާވަލްގެ ފަސްވަނަ އަށް ވެއްޓިފައެވެ. މީގެއިތުރުން، ހާލަންޑްގެ ވެސް އެންމެ ރަނގަޅު ކުޅުން ދެއްކޭގޮތްނުވިއިރު، ލީގުގައި މިހާތަނަށް ކުޅުނު 28 މެޗުގައި ޖެހިފައިވަނީ 21 ގޯލެވެ.