ENGLISH
12 ޖޫން 2026
އިމާމުންނާއި ޚަޠީބުން ތަމްރީނުކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް މެލޭޝިއާއާއެކު މަޝްވަރާކޮށްފި
12 ޖޫން 2026
|
އެންމެ މަޤްބޫލު
އިމާމުންނާއި ޚަޠީބުން ތަމްރީނުކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް މެލޭޝިއާއާ އެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންދިޔައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މެލޭޝިޔާގެ ރިލިޖަސް އެފެއާޒް މިނިސްޓަރު ޑރ. ޛުލްކިފްލި ބިން ހަސަންއާ އެކު ބޭއްވެވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، މެލޭޝިޔާއިން ދިވެހިރާއްޖޭގެ އިސްލާމީ އަދި ތަޢުލީމީ ކަންކަމުގައި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް މެލޭޝިޔާގެ ބޮޑު ވަޒީރަށާއި ސަރުކާރުގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވުޒާރާއާއި މެލޭޝިޔާގެ ރިލިޖަސް އެފެއާޒް މިނިސްޓްރީ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން ޒަކާތާއި، ޙައްޖާއި ޢުމްރާ، އައުޤާފް އަދި އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމާއި ޤުރުއާން ޢިލްމު ފެތުރުމަށް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
މީގެ އިތުރުން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިޔާގެ ސަބަބުން ދިވެހިރާއްޖެއަށް ޢިލްމީ ގޮތުން ލިބެމުންދާ ކުރިއެރުންތަކާއި އަދި އެ ޔުނިވާސިޓީގެ ކަންކަމުގައި މެލޭޝިޔާގެ ފަރާތުން ދެއްވާ އެހީތެރިކަމަށް ވަޒީރު ޑރ. ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ދެ ޤައުމުގެ ވުޒާރާ ގުޅިގެން ކުރެވިދާނެ މުހިއްމު މަސައްކަތްތަކާ ގުޅޭ ގޮތުން ޚާއްސަ ފަހުމުނާމާއެއްގައި ސޮއިކުރުމަށް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ. އަދި ވަޒީރު ޑރ. ޝަހީމް ވަނީ މެލޭޝިޔާގެ ރިލިޖަސް އެފެއާޒް މިނިސްޓަރ ހިޒް އެކްސެލަންސީ ޑރ. ޛުލްކިފްލި ބިން ހަސަނަށް ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު ދެއްވާފައެވެ.