ENGLISH

12 ޖޫން 2026

Advertisement

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވި ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

12 ޖޫން 2026

|

އަޙުމަދު ޙަމީދު

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވި ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލުން

މެލޭޝިއާގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ކިޔަވާ ކުދިންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި “ދިވެހިންގެ ހޭންޑްބޯޅަ ކަޕް” ގެ ނަމުގައި ބޭއްވި ހާއްސަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ޖޫން މަހުގެ 6 ވަނަ ދުވަހު މެލޭޝިއާގައި ބޭއްވި މި މުބާރާތުގައި ޖުމްލަ 9 ޓީމަކުން ވާދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން 4 ޓީމާއި ފިރިހެން 5 ޓީމެވެ. ފޯރިގަދަ ކުޅުމަކަށްފަހު މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ އާރް.ޑީ.އެލް އެސް.ސީއެވެ. އަދި އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދީ އާޖީލަކަށް ޓީމެވެ.

މި މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމުތަކަށް ވަނީ ފައިސާގެ އިނާމު ހުށަހަޅާފައެވެ. އެގޮތުން ކޮންމެ ޑިވިޜަނަކުން އެއްވަނައަށް ދިޔަ ޓީމަށް 750 މެލޭޝިއަން ރިންގިޓް ދީފައިވާއިރު، ރަނަރަޕް ޓީމުތަކަށް ދީފައިވަނީ 300 ރިންގިޓެވެ.

މުބާރާތުގެ ފިރިހެން ޑިވިޜަންގެ ރަނަރަޕްކަން އާޖީލް ހޯދިއިރު، އަންހެން ޑިވިޜަންގެ ރަނަރަޕްކަން ހޯދާފައިވަނީ ހަވަރު ސްޕޯޓްސްއެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، އެކަކު އަނެކަކާ ބައްދަލުވެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ބޭއްވި މި މުބާރާތަކީ ވަރަށް ތަރުހީބު ބޮޑު މުބާރާތެއްކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު