ENGLISH

02 އޭޕްރީލު 2025

Advertisement

މި އަހަރުވެސް އެންމެ ގިނައީ އެކްސިޑެންޓް ތަކުގެ މައްސަލަ

01 އޭޕްރީލު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާ ތަނަށް އެންމެ ގިނައިން ހުށައަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްގެ މައްސަލައެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އެކްސިޑެންޓުތައް ހިނގައިގެންނެވެ. އެ ގޮތުން އެކްސިޑެންޓުގެ 762 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ވައްކަމާ ގުޅުންހުރި 667 މައްސަލައެއްވެސް ވަނީ ހުށަހަޅައިފައެވެ.

އިތުރަށް ހުށައަޅައިފައިވާ މައްސަލަތަކަށް ބަލާއިރު، މަސްތުވާތަކެތީގެ 378 މައްސަލަ އަދި ގެއްލިފައިވާ ތަކެތީގެ 234 މައްސަލަވެސް ފެންމަތިވެފައިވެއެވެ.

ފުލުހުންގެ ތަފާސްހިސާބުން މި އަހަރުގެ އިތުރުން، މިދިޔަ 16 އަހަރުގެ ތެރެއިން ކޮންމެ އަހަރެއްގައި ހުށަހެޅުނު މައްސަލަތަކުގެ އަދަދުތައް ވެސް ފެނެއެވެ.

އެއިން ދައްކާ ގޮތުގައި އެންމެ ގިނައިން ހުށަހަޅައިފައިވަނީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތެކެވެ.

މިިދިޔަ 2024ގައި ވަނީ އެކްސިޑެންޓުގެ މައްސަލަތައް ރިޕޯޓުކުރި މިންވަރު ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެ ގޮތުން 2023ގައި އެކްސިޑެންޓުގެ 2،300 މައްސަލަ ރިޕޯޓުކުރިިއިރު، މިދިޔަ އަހަރު 2،886 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު