ENGLISH

02 އޭޕްރީލު 2025

Advertisement

ކުޑަޢީދު ކުލަގަދަކޮށް ފާހަގަކުރުން: ރައީސްގެ ޚާއްސަ ޝުކުރު

01 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ރައީސް މުޢިއްޒު ކުޑަކުދީންގެ ހަވީރުގައި ބައިވެރިވެވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

ފިޠުރު ޢީދުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމު ކުރައްވާ ކުޑަކުދީންނާއި އާއިލާތަކަށް އުފާވެރިކަން ގެނެސް ދިނުމުގައި ބައިވެރިވެލެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.

ޢީދުގެ މުނާސަބަބުތަައް ކުލަގަދަކޮށް ފާހަގަކުރެއްވުމަކީ ރައީސް ވަރަށް އިސްކަން ދެއްވަވާ ކަމެކެވެ. ޢީދާ ގުޅުވާ ރަށުތެރެ ޒީނަތްތެރި ކުރުމާއި ކުލަބޮކިތަކުން ރަަށްތައް ދިއްލާލުން ފަދަ ކަންކަން ފެއްޓެވީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުންނެވެ.

މިއީ މި ފަހުގެ ތާރީޚެއްގައި ވެެރިރަށުގައި ފިޠުރު އީދު (ކުޑަ ޢީދު) މިހާ ކުލަގަދަކޮށް ފާހަގަކުރި ފުރަތަމަ ފަހަރެވެ. މިނިސްޓްރީތަކާއި ކުންފުނިތަކާއި މުއައްސަސާތައް ގުޅިގެން މި ޢީދުގައި ތަފާތު ހަރަކާތްތައް ބާއްވާފައިވެ އެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ބޮކިފަތިތައް ހަރުކޮށް ދިއްލާލާފައިވެ އެވެ. އަދި މާލެއާއި ހުޅުމާލެގައި ވަރަށް ފުރިހަމަ ކުޑަކުދީންގެ ހަވީރެއް ބާއްވާފައިވެ އެވެ.

ޢީދު ދުވަހުގެ ރޭ ޘަޤާފީ ކުޅިވަރު ހަރަކާތްތައް އޮތެވެ. 

ސެންޓްރަލް ޕާކުގައި ކުޑަކުދީންގެ ހަވީރެއް ބޭއްވި އެވެ. އަދި  ސެންޓްރަލް ޕާކުގައި ހަވާއެރުވުމާއެކު، ޑްރޯން ޝޯއެއް ވެސް ވަނީ ބާއްވައިފަ އެވެ.

މާލޭގައި ބޭއްވި ކުޑަކުދީންގެ ހަވީރަކީ މިހާތަނަށް ޢީދަކާ ގުޅިގެން ބޭއްވި އެންމެ ފުރިހަމަ ކުޑަކުދީންގެ ހަވީރެވެ. އެ ހަރަކާތަށް ތަރުހީބު ބޮޑުވެ އީދުގެ ތިން ދުވަހު އެ ހަރަކާތް ކުރިއަށް ގެންދަން ނިންމި އެވެ.

ޢީދު ދުވަހުގެ ރައީސާއި ނާއިބު ރައީސްގެ ދެކަނބަލުން ވެސް އެ ހަރަކާތަށް ވަޑައިގެން ކުޑަކުދީންނާއި އާއިލާތަކާއެކު ވަގުތު ހޭދަކުރައްވާފައިވެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ފިޠުރު ޢީދުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމު ކުރައްވާ ކުޑަކުދީންނާއި އާއިލާތަކަށް އުފާވެރިކަން ގެނެސް ދިނުމުގައި ބައިވެރިވެލެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އެގޮތުން މިނިސްޓްރީތަކާއި މުއައްސަސާތަކާއި ކުންފުނިތަކުގެ ނަންތައް ފާހަގަ ކުރެއްވި އެވެ. 

* މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

* މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް

* މޯލްޑިވްސް ޕޮލިސް ސާވިސް

* މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް

* ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން

* މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ

* މިނިސްޓްރީ އޮފް ދިވެހި ލެންގްއޭޖް އެންޑް ހެރިޓޭޖް

* މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ފިޓްނަސް 

* މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ

* މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ

* ވެމްކޯ

* ސްޓްލެކޯ

* މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

* ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން

* ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

* ޕަބްލިކް ސާވިސް މީޑިއާ

ކިޔުންތެރިންގެ ހިޔާލު