ENGLISH
26 ނޮވެމްބަރު 2024
އަންނަ އަހަރަށް ސަރުކާރުން ހުށަހެޅީ ޑެފިސިޓް ކުޑަ ބަޖެޓެއް، އެއީ 9.4 ބިލިއަން
31 އޮކްޓޯބަރު 2024
އެންމެ މަޤްބޫލު
ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ދައުލަތުގެ ހަރަދު 49.2 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އަންދާޒާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގައިވާ ގޮތުން މިއީ މިހާތަނަށް ބަޖެޓް ޑެފިސިޓް އެންމެ ކުޑަ ފަހަރެވެ. އެއީ 9.4 ބިލިއަން ރުފިޔާއެވެ.
މިބަޖެޓްގެ ހަރަދުގެ ގޮތުގައި 35.8 ބިލިއަން ރުފިޔާ ހިމަނާފައިވާ އިރު އޭގެ ތެރެއިން 13.4 ބިލިއަން ރުފިޔާ ކެޕިޓަލް ހަރަދެވެ. ޕީއެސްއައިޕީ ނުވަތަ ތަރައްގީގެ މަޝްރޫތަކަށް ބަޖެޓުގައި ވަނީ 12.4 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ބަޖެޓުގައި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިއއެވެ. އަންނަ އަހަރު ލިބޭނެކަމަށް ލަފާކުރެވެނީ 37.2 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 2.6 ބިލިއަން ރުފިޔާ އެވެ.މީގެ އިތުރުން އާާމްދަނީ އިތުރު ކުރުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ސަބަބުން 4.9 ބިލިއަން ރުފިޔާ އިތުރު ކުރެވޭނެކަމަށް ލަފާކޮށްފައިވެ އެވެ.