ENGLISH

05 އޭޕްރީލު 2025

Advertisement

އިމިގްރޭޝަނަކީ އަބަދުވެސް ފަޚުރުވެރިވާ ދައުލަތުގެ މުހިންމު އިދާރާއެެއް: ޑެޕިއުޓީ ކޮންޓްރޯލަރ

25 މާރިޗު 2025

|

އައިޝަތު ނަޖާ

މޯލްޑިވްސް އިމިގްރޭޝަނަކީ އަބަދުވެސް ފަޚުރުވެރިވާ ދައުލަތުގެ މުހިންމު އިދާރާއެެއް ކަމަށް ޑެޕިއުޓީ ކޮންޓްރޯލަރ އަހްމަދު އަޝްފާން ވިދާޅުވެއްޖެއެވެ.

އަޝްފާން މިހެން ވިދާޅުވީ އިމިގްރޭޝަނަށް 75 އަހަރު ފުރުމާ ގުޅިގެން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި އަޝްފާން ވަނީ އިމިގްރޭޝަނަށް 75 އަހަރުވެ އަލިމަސް ޔޫބިލް ފާހަގަކުރަމުންދާއިރު، އެ އިދާރާގެ މުވަައްޒަފުން ދިވެހި ރައްޔިތުންނާއި ބިދޭސީންނަށް ދެމުންގެންދާ ހީވާގި އަދި އަގުހުރި ޚިދުމަތަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

އަދި މި އުފާވެރި މުނާސަބަތުގައި އެންމެހާ މުވައްޒަފުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައްވެސް އަޝްފާން ވަނީ އަރިސްކުރައްވާފައެވެ.

އަޝްފާން ވިދާޅުވީ އުންމީދަކީ އިމިގްރޭޝަން ޚިދުމަތްތައް އިތުރަށް ކުރިއަރައި، ޒަމާނީ ވަސީލަތްތަކާއެކު ފޯރުކޮށްދެވޭ ޚިދުމަތްތަކަކީ ރައްޔިތުން ފުރިހަމައަށް ބަލައިގަންނަ، އަދި އިތުބާރުހިފޭ ޚިދުމަތްތަކަކަށް އަބަދުވެސް ވެގެންދިޔުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު