ENGLISH
07 އޭޕްރީލު 2025
ޓީބީ ނައްތާލުމަށް ކުރާ މަސައްކަތް މިދަނީ ހަރުދަނާކުރަމުން: ރައީސް
24 މާރިޗު 2025
|
ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު (ފޮޓޯ/ ރައީސް އޮފީސް)
އާއްމުގޮތެއްގައި ފުއްޕާމެޔަށް ޖެހޭ ބައްޔެއް ކަމަށްވާ ޓިއުބާކިއުލޯސިސް (ޓީބީ) ނައްތާލުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރައްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް ވިދާޅުވެ ޓުވީޓު ކުރެއްވީ، މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ޓީބީ ދުވަހާ ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
1988 ވަނަ އަހަރުން ފެށިގެން ރާއްޖެއަކީ ޓީބީ ބަލި ދެނެގަތުމުގެ މިންވަރު 70% ގައި، އަދި ފަރުވާ ދީ ބަލިން ރަނގަޅުވާ މީހުންގެ އިއްސައްތަ 85% އިގެ އަމާޒަށް ވާސިލުވި 5 ގައުމުގެ ތެރެއިން އެއް ގައުމުކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ހިލޭ ފޯރުކޮށްދެމުންދާ ޓިއުބާކިއުލޯސިސް ޕްރޮވެންޓިވް ޓްރީޓްމެންޓްގެ ކަންކަން ވެސް އިތުރަށް ހަރުދަނާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އަދި ޓީބީ ޖެހިފައިވާ މީހުންނަށް ދޭ ފަރުވާއާއި ބަލީގެ ކުރީކޮޅު ދެނެގަތުމަށް ކުރާ މަސައްކަތް އާ ހިތްވަރަކާ އެކު ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
ޓީބީއަކީ މައިކޯބެކްޓީވިއަން ޓިއުބާކިއުލޯސް ކިޔާ ބެކްޓިރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ އާއްމުކޮށް ފުއްޕާމެޔަށް ޖެހޭ ބައްޔެއް ނަމަވެސް ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް މި ބަލި ޖެހެ އެވެ.