ENGLISH
10 އޭޕްރީލު 2025
އެޕާޓުމެންޓަަކާ ގުޅުވައި ފަހުމީގެ އިސްތަށިފުޅުގައި އަޅުވަނީ ދޮގު ތުހުމަތެއް؛ ހަގީގަތް ބަޔާންކޮށްދެއްވައިފި
24 މާރިޗު 2025
|
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސައިން ފަހުމީ، ފޮޓޯ: ރައީސް އޮފީސް
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސައިން ފަހުމީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަގުބޮޑު އެޕާޓުމެންޓެއް ބައްލަވައިގެންނެވިކަމަށް ބުނެ މީސްމީޑިޔާގައި ބަޔަކު ފަތުރަމުންދާ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް ދޮގެއްކަން ސާބިތުކޮށްދެއްވުމާއެކު، އެކަމުގެ ހަގީގަތް އޭނާ ވިދާޅުވެދެއްވައިފިއެވެ.
މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން 8.5 މިލިއަން ރުފިޔާގެ އަގުހުރި އެޕާޓުމެންޓެއް ފަހުމީ ބައްލަވަައިގަތްކަމަށް ބައެއް މީހުން މީސްމީޑިޔާގައި ފަތުރަަމުންދާ ވާހަކައަކީ އޭނާގެ އަބުރުފުޅަށް އަރައިގަނެ، ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ފަތުރަމުން އަންނަ ހަގީގަތާ ހިލާފު، އެއްވެސް އަސާސެއް ނެތް ދޮގު ވާހަކައެއްކަމަށް މިރޭ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވެފައިވެއެވެ.
އިތުރަށް ފަހުމީ ވިދާޅުވި ގޮތުގައި އެ ދޮގު ވާހަކަ ދައްކާ މީހުން އިޝާރާތްކުރާ ފުލެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ދުވަސްވަރުގައި، މީގެ އެތައް އަހަރެއް ކުރިންް، ބައްލަވައިގަނެފައިވާ ފުލެޓެކެވެ. އަދި އެއިރުއްސުރެ އެ ފުލެޓަށް އޭނާ ގެންދަވަނީ ފައިސާ ދައްކަވަމުންނެވެ.
ސިޔާސީ މަގުސަދެއްގައި ނަމަވެސް މީހުންގެ އަނބުރަށް ގެއްލުންވާ ގޮތަށް އެފަދަ ދޮގު ވާހަކަތައް ފަތުރަމުންދާ ފަރާތްތައް މިހާރުން މިހާރަށް އެކަން ހުއްޓައިލުމަށް ފަހުމީ އިލްތިމާސްކުރެއްވިއެވެ.
އިތުރަށް ފަހުމީ ވިދާޅުވީ ސިޔާސީ ބޭނުމެއްގައި ނަމަވެސް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އޭނާ ކުރައްވަމުންގެންދަވާ ގައުމީ ހިދުމަތާ ގުޅިގެން އަމާޒުކުރެވޭ ބިނާކުރަނަވި ފާޑުކިޔުމަށް އިހުތިރާމުކުރައްވާކަމަށާއި، އެފަދަ ފާޑުކިޔުންތަކަށް މަރުހަބާ ވިދާޅުވާނެ ކަމަށެވެ.
ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ ގުޅުވައިގެން އެއްވެސް އަސާސެއް ނެތް ގިނަ ތުހުމަތުތަކެއް މީސްމީޑިޔާގައި ފަތުރައި އެ ބޭފުޅުންގެ އަނބުރު ގެއްލުވައިލުމަށް އިންތިޒާމީ ސިފައެއްގައި މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިފަދަ ތުހުމަތުތަކާ ގުޅިގެން ސާބިތު ހިފޭނެ އެއްވެސް ހެއްކެއް އެ ތުހުމަތުތައް ޝާއިއުކޮށް ފަތުރާ މީހުން އާއްމުނުކުރެއެވެ.