ENGLISH
10 އޭޕްރީލު 2025
މާފުށި ޖަލުގައި ހުރި ގައިދީއެއް ނިޔާވެއްޖެ
23 މާރިޗު 2025
|
މާފުށީ ޖަލު، ފޮޓޯ: އައްޑޫ ލައިވް
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން އައި ގައއިދީއެއް ނިޔާވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދިން ގޮތުގައި ޖަަލުގައި ހުއްޓައި ނިޔާވި ގައިދީއަކީ ސ. މަރަދޫ / ފޯ ފްލާވަރ، އުމުރުން 23 އަހަރުގެ އިބްރާހިމް ޝަމްވީލެވެ.
އޭނާ ނިޔާވި ގޮތުގެ ތަފުސީލު ހިއްސާކުރަމުން ކަރެކްޝަނުން ބުނެފައިވަނީ އޭނާ ގޮޅީގައި ދަންޖެހިފައި ހުއްޓައި ފެނުނީ މިއަދު ހަވީރު 4:20 ހާއިރު ކަމަށެވެ. އަދި ގޮޅީގައި ދަންޖެހިފައި ހުއްޓައި ފެނުމުން އޭނާ ހޮސްޕިޓަލަށް ގެންދިއުމުން 4:55 ގައި އޭނާ ނިޔާވެފައިވާކަމށް ޑޮކްޓަރު ކަނޑައަޅުއްވާފަައިވާ ކަމަށެވެ.
ޝަމްވީލަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމަށް ބިރުދައްކައި، އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށް ސާބިތުވެ އެއް އަހަރާއި ހަ މަހުގެ ހުކުމެއް ތަންފީޒުކުރަމުން އައި މީހެކެވެ.
އޭނާ ނިޔާވުމާ ގުޅިގެން ކަރެކްޝަންސްއިންވަނީ އެކަމުގެ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތާއި، އޭނާގެ އާއިލާއާއި، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއާއި ހިއުމަން ރައިޓްސް ކޮމިޝަނާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.