ENGLISH

10 އޭޕްރީލު 2025

Advertisement

ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

23 މާރިޗު 2025

|

އަޙުމަދު ޙަމީދު

ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯ (ވ) ގައި: މަގާމުން ވަނީ އިސްތިއުފާ ދެއްވާފައި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް ސީއީއޯ ނޮއެލް ގްރެގާ ޕެޓަރސަން-ޖޯންސް އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވާފައިވާކަން ހާމަކޮށް ޕީސީބީން ބުނީ ނޮއެލް ގްރެގާގެ އިސްތިއުފާ ޤަބޫލު ކުރައްވާފައިވާ ކަމަށެވެ. ޑިވެލޮޕްމަންޓް ބޭންކު އުފައްދަވާ އެ ބޯޑަށް ނޮއެލް އައްޔަނު ކުރެއްވީ އޮގަސްޓް 24, 2024 ގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމު ގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ސަރުކާރުގެ ކުންފުންޏެއް އުފެއްދެވީ މެއި 16، 2024 ގަ އެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އުފެއްދި މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިސާދީ / އިޖުތިމާޢީ ތަރައްޤީ އަށް އިންވެސްޓު ކުރުމާއި އުމްރާނީ ތަރައްޤީ އަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެވެ.

މީގެ އިތުުރުން ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަކީ ވެސް ކުންފުނި އުފެއްދި މަޤުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އަދި ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރަކީ ވެސް ބޭނުމުގައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އުފެއްދުމުގެ މުހިންމު މަޤުސަދެކެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހަކީ މިނިސްޓްރީ އޮފް ފިނޭންސް، އަމީނީމަގު، 20379، މާލެ، ދިވެހިރާއްޖެ އެވެ.

ކިޔުންތެރިންގެ ހިޔާލު