ENGLISH

10 އޭޕްރީލު 2025

Advertisement

އިމިގްރޭޝަނުގެ ދެ އޮފިސަރަކު ފުރުން މަނާކޮށް، ޝަމްއާންގެ އާއިލާ މީހެއްގެ ފޯނު ހިފަހައްޓައިފި

23 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު، ފޮޓޯ: މިހާރު

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސަ ހޯދަމުންއައިކަމަށް ތުހުމަތުވާ މައްސަލާގައި މަގާމުން ވަކިކުރައްވާފައިވާ ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދުގެ އާއިލާ ބޭފުޅެއްގެ ފޯނު ހިފަހައްޓައި، އިމިގްރޭޝަނުގެ ދެ މީހަކު ފުރުމުން މަނާކޮށްފިއެވެ. 

މި މައްސަލާގައި ޝަމްއާނު ހައްޔަރުކުރީ ހުކުރުދުވަހު ރެއެވެ. އޭގެ ކުރިން ފުލުހުން ހާމަކުރި ގޮތުގައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބިދޭސީއަކު ޝަމްއާނު އަންގަވައިގެން ދޫކޮށްލުމަށްފަހު، އެ އިދާރާގެ ބައެއް އޮފިސަރުން އެ ބިދޭސީމީހާއާ މަގުމަތިން ދިމާކޮށް އޭނާގެ އަތުން ގިނަަ އަދަދެއްގެ ފައިސާ ހޯދިއެވެ. 

ފުލުހުން ބުނެފައިވަނީ އެ އޮފިސަރުން ބިދޭސީމީހާ އަތުން ފައިސާ ނަގައިގެން ދިޔައީ ޝަމްއާން ދިރިއުޅުއްވާ ގެއަށް ކަމަށެވެ. 

އެ މައްސަލާގައި ފުލުހުން ޝަމްއާނުގެ ގެ ބަލައިފާސްކުރިއިރު އެތަނުން 500،000 އެއްހައި ރުފިޔާ ފެނުނުކަމަށްވެސް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ. 

ޝަމްއާނުގެ އިތުރަށް ތިން އޮފިސަރަަކު މި މައްސަލާގައި ހައްޔަރުކުރިއެވެ. ޝަމްއާނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވެއެވެ. އަދި އިތުރަށް ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު 10 ދުވަހަށް ބަންދުކޮށްފައިވާއިރު އެކަކު ތިން ދުވަހށް ބަންދުކުރިއެވެ. 

މި މައްސަލައާ ގުޅިގެން މިއަދު ފުލުހުން ހާމަކުރި ގޮތުގައި އެ މައްސަލައާ ގުޅުންހުރި ދެ މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވެއެވެ. އޭގެ އިތުރަށް ޝަމްއާނުގެ އާއިލާ މީހެއްގެ ފޯނު ހިފަހައްޓާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު