ENGLISH
10 އޭޕްރީލު 2025
ރައީސް ތެލެސީމިއާ ސެންޓަރަށް؛ މައްސަލަތަައް ހައްލުކުރެއްވުމަށް ފައްޓަވައިފި
23 މާރިޗު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތެލެސީމިއާ ސެންޓަރަށް ވަޑައިގަތުން، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުން ފަރުވާ ހޯދަމުންދާ ބަލިމީހުންނާއި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.
ތެލެސީމިއާ ސެންޓަރު ނުވަތަ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)އިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ނޫންކަމަށް ބުނެ، ތެލެސީމިއާ ބަލިމީހުންނާއި، ތެލިސީމިއާ ބަލިކުދިންގެ ބެލެނިވެރިން ރޭ އެ މަރުކަޒު ކައިރީގައި އިހުތިޖާޖުކޮށް ނުރުހުން ފާޅުކޮށްފައިވެއެވެ.
ރައީސް އޮފީހުން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި ރައީސްގެ މި ޒިޔާރަތުގައި އެ މަރުކަޒުގެ ހުރިހާ ޑިޕާޓުމެންޓަކަށް ވަދެވަޑައިގެން އެތަންތަނުގެ ހާލަތު ކައިރިން ބެއްލެވިއެވެ.
ޑިޕާޓްމެންޓުތައް ބައްލަވައިލެއްވުމުގެ އިތުރަށް އެމަނިކުފާނު އެ މަރުކަަޒަށް ވަޑައިގެންނެވި ވަގުތު އެތަނުގައި ފަރުވާ ހޯދަމުން އައި ބަލިމީހުންގެ އާއިލާތަކާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް ރައީސް އޮޅުންފިލުއްވިއެވެ.
އަދި އެ ޒިޔާރަތަށްފަހު، މިހާރުން މިހާރަށް ހައްލުކުރެއްވެން ހުރި ކަންކަން ވީހާވެސް އަވަހަކަށް ހައްލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަަކަށް ރައީސް އިރުޝާދު ދެއްވާފައިވެއެވެ. އަދި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަަޅަންފަށާފައިވާކަމަށް ރައީސް އޮފީހުގެ އޮފިޝަަލު ވިދާޅުވިއެވެ.
ތެލެސީމިއާ ސެންޓަރުގެ ޚިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ޝަކުވާއަކީ ދުވަސްވީ ޝަކުވާއެކެވެ. އެތަނުގެ ޚިދުމަތާ ގުޅިގެން ތެލެސީމިއާ ބަލިމީހުންނާއި، އާއިލާތަކުން ޝަަކުވާކުރަމުން އަންނަތާ އެތައް އަހަރެއްވީ ނަމަވެސް އެ ޝަަކުވާތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދެވިފައިނުވެއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ދުވަސްވެފައި ހުރި މި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ.